މަސްވެރިއެއްގެ އަތަށް ވަޅިއެއް ހެރިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މޯޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ފ، ނިލަންދޫގެ ހުޅަގުން14 ނޯޓިކަލް ބޭރުގައި ކަންނެލި މަސްވެރިކަން ކުރަމުންދިޔަ "އުމެރި-1" ދޯނީގައި ހުރި މަސްވެރިއެއްގެ އަތަށް ވަޅިއެއް ހެރިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓުގާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.
މިހާދިސާގައި އަނިޔާވެފައިވަނީ އުމުރުން44 އަހަރުގެ ދިވެއްސަކަށެވެ.
އެމްއެންޑީއެފް އަދި ސީއެންބިއުލާންސްގެ އެހީތެރިކަމާއެކު އެމީހާ ވަނީ މިއަދު 16:03 ހާއިރު ފ.ނިލަންދޫއަށް ގެންގޮސްފައެވެ. އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި މިހާދިސާގެ ރިޕޯރޓް ލިބިފައިވަނީ 14:30 ހާއިރުއެވެ.





