ފޮޓޯ: މޯލްޑިވްސް ޓުޑޭ

ރޯދަމަހަށް ރައީސް ޔާމީން ގެއަށް ބަދަލުކޮށް ދިނުމަށް އެދިއްޖެ

ކުރިއަށް ރޯދަމަހަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެއަށް ބަދަލުކޮށް ދިނުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހުން އެދިއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިގޮތަށ އެދިފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ. ޕީޕީއެމް އަދި ޕީއެންސީ އެދިގެން ބޭއްވި މިބައްދަލުވުމުގައި ރައީސް ޔާމީން ޖަލުގައި އޮންނެވުމަކީ ކަންބޮޑުވާކަމެއްކަށާއި އެންމެ ކުޑަމިނުން ކުރިއަށް އޮތް ރޯދަ މަހަށް އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް ރައީސް ޞާލިޙްގެ އަރިހުން އެދިފައިވާކަމަށް އެކޯލިޝަނުންވަނީ ބުނެފައެވެ.

އެގޮތުން ޤާނޫނީ އިމުގެ ތެރެއިން ކޮށްދެވެންހުރި ކަންތައްތައް ކޮށްދެވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވާކަމަށްވެސް އެކޯލިޝަނުން ބުނެއެވެ.

އިދިކޮޅު ކޯލިޝަނުން މިގޮތަށް އެދިފައިވާއިރު، ރައީސް ޔާމީން ގެޔަށް ބަދަލު ކުރަން ޖެހޭފަދަ ޑޮކްޓަރުގެ ލިޔުމެއް ހުށަހަޅާފައި ނުވާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސްވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް އޭނާގެ އާއިލާގެ ފަރާތުން ހޯމް މިނިސްޓްރީގައިވަނީ އެދިފައެވެ.

މަނީލޯންޑަކުރިކަން ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް 28 ނޮވެމްބަރު 2018 ގައި އިއްވީ، އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ. އެ ފައިސާއަކީ ގއ. މޮޑަވުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ދައުލަތުން ވިދާޅުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ