ކުލަކުލައިގެ ގަލަން ދީގެން ސަރުކާރު މުވައްޒަފުންގެ ވޯޓަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު!

ތަފާތު ކުލަކުލައިގެ ގަލަން ދީގެން ށ.ބިލެއްފަހީގައި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާކަމަށް ބައެއް ފަރާތްތަކުން ބުނެފިއެވެ.

މި ނޫހާ ވާހަކަދެއްކި ބިލެއްފަހީ މީހަކު ބުނީ، ތަފާތު ކުލަތަކުގެ ގަލަން ދީގެން ސަރުކާރު މުވައްޒަފުން ވަކި ގޮތަކަށް ވޯޓް ދިނުމަށް ބާރުއަޅަމުންދާ ކަމަށެވެ.

"އަޅުގަނޑަށްވެސް އެބައޮތްް **** ކުލައިގެ ގަލަމެއް ދޭން ނިންމާފައި. އެ ގަލަމުން ކަމަށް އަންގަނީ ވޯޓް ކަރުދާހުގައި ފާހަގަޖަހަން ޖެހޭނީ. އޭރުން އޮބްޒާވަރުންނަށް އެނގޭނެ ވޯޓު ގުނާއިރު އަޅުގަނޑު ވޯޓް ދިނީ ކޮންބަޔަކަށްކަން." ބިލެއްފަހިން ވާހަކަދެއްކި ޒުވާނަކު ބުނެފައިވެއެވެ.

މިކަމުގެ ކަންބޮޑުވުން ހިއްސާކުރަމުން އެރަށު ޒުވާނަކު ބުނީ މިހެން ހަދަނީ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް ވޯޓް ދޭނެކަން ކަށަވަރު ނުކުރެވޭ ސަރުކާރު މުވައްޒަފުންނާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ކަމަށެވެ.

މިފަދަ ކަމެއް ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް އެރަށުގައި ހިނގާފައިވާ ކަމަށާއި، މި އިންތިޚާބުގައި އެކަން ތަކުރާރުވުމަކީ ކަންބޮޑުވުމެއް ކަމަށް އެރަށުން ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ވަކި ގޮތަކަށް ވޯޓުލުމަށް އެއްވެސް މީހަކަށް މަޖުބޫރުކުރުމަކީ، އަދި ވަކި ގޮތަކަށް ވޯޓް ނުދީފިނަމަ ވަޒީފާ ގެއްލިދާނެކަމުގެ ބިރުދެއްކުމަކީ ޤާނޫނީ ކުށެކެވެ. ދިވެހިރައްޔިތުންގެ ވޯޓުލުމުގެ ހައްޤަށް އަރައިނުގަތުމަށް އޭސީސީއާއި އިލެކްޝަންސް ކޮމިޝަނުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް

3 Responses

  1. ނިއުޓްރަލް

    ދެން ރައްޔިތުންވެސް އެކި ކުލަކުލަ ގަލަމުން ފާހަގަ ލީމަ ތިކަމާ މެދު ވިސްނާކަށް ނުޖެހޭނެ ނޫންތޯ

  2. MDP Meehaa

    Sarukaaraa dheytherey rayyithun hithuga nafurathu ufehdhumah dhahkaa ehves hageegatheh neh dhogu vaahaka thidhahkany varah faashu bodu thanun inthihaabu kaamiyaabu kuraani mdp

    1
    1
    • Rahdhu

      Aaan bodu thanun MDP ah libidhaane thaa dhw mihaaruves Vanee meege kurrin bilehffahi ge ragistary ga himenifaa nuvaa vote lumuge hahgu libifaavaa 17 beyfulhun
      alahh ufankuruvaafa
      Ehenveema mivarun dhen liben vaane thaa dhw????????

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ