ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވަލިއްޔުލްއަމްރު އިބްރާހީމް މުޙައްމަދު ޞޯލިޙް ވޯޓު ލައްވައިފިއެވެ.
ރައީސް ޞޯލިޙް ވޯޓު ލައްވާފައިވަނީ މެންދުރުކުރި 10:45 ހާއިރު ޖަމާލުއްދީން ސްކޫލްގައި ބަހައްޓާފައިހުރި ޅ.ހިންނަވަރުގެ ވޯޓު ފޮށްޓަށެވެ.
ވޮޓު ލެއްވުމަށްފަހު ޖަމާލުއްދީން ސްކޫލްގައި ހުންނަަވައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައިސް ޞޯލިޙް ވިދާޅުވީ، ނިމިދިޔަ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބަށްވުރެ ބޮޑު ކާމިޔާބެއް އެމްޑީޕީއަށް ލިބޭނެކަމަށެވެ.
President @ibusolih casts his vote pic.twitter.com/E90TQVv5Up
— Mabrook Azeez (@MvSpokesperson) April 10, 2021
ރައީސް ވިދާޅުވީ، ރާއްޖޭގެ އަތޮޅުތަކާއި މުޅި ރާއްޖޭގެ ހިންގުމަށް މި ވޯޓުގެ ނަތީޖާއާ އެކު ބޮޑު ބަދަލެއް އަންނާނެ ކަމަށާއި، އެމްޑީޕީ އަށް މާލޭގެ އިތުރުން އެހެން ސިޓީތަކާއި އަތޮޅުތަކުން ވެސް ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. މީގެ އިތުރުން މާލޭގެ މޭޔަރުކަން މަދުވެގެން 65 އިންސައްތަ ވޯޓާއެކު އެމްޑީޕީގެ ކެނޑިޑޭޓް އަނަސްއަށް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިއީ ދަތި އުނދަގޫ ވަގުތެއްގައި ބާއްވާ އިންތިހާބެއް ކަމަށާއި، ނަމަވެސް ވީހާވެސް ގިނަ ބަޔަކު ނުކުމެ ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހުރި ދަތިތަކާ ހެދި ވޯޓު ލާން މީހުން ނުކުތުން އަދި މަދު ނަމަވެސް މެންދުރު ފަހު މީހުން ނުކުންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.




