ނެގިގެން މިދިއައީ މި ސަރުކާރުގެ ނޯކޮންފިޑެންސް: މަލީހު

މިއަދު ކުރިއަށް މިދިޔަ އިންތިހާބަކީ މި ސަރުކާރުގެ ނޯކޮންފިޑެންސް ވޯޓުގެ ގޮތުގައި ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

އިންތިހާބުގެ ވޯޓުލުން ނިމި ވޯޓުފޮށިތައް ގުނަމުންދާ މި ދަނޑިވަޅުގައި މަލީހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނެގިގެން މި ދިއައީ މި ސަރުކާރުގެ ނޯކޮންފިޑެންސް ވޯޓު ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދޭންޖެހޭ ކަމަށެވެ.

މަލީހު މިމޭރުމުން ވާހަކަފުޅު ދައްކައިފައި މިވަނީ މިހާތަނަށް ގުނުނު ފޮށިތަކުގެ ނަތީޖާއިން ކުރީގައި އެމްޑީޕީގެ ބޮޑު ތާއީދެއް އޮއްނަ އައްޑޫ ސިޓީ އަދި މާލޭ ސިޓީއިން އިދިކޮޅު ޕީޕީއެމް އިން ކާމިޔާބީތަކެއް ހޯދައިފައި ވަނިކޮށެވެ.

މިހާތަނަށް ލިބިފައިވާ  ވަގުތީ ނަތީޖާއަށް ބަލާއިރު، އެންމެ ވާދަވެރިކަން ބޮޑު މާލޭގެ މޭޔަރުކަމުގެ ރޭހުގައި، އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރުގެ މައްޗަށް އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހޯއްދަވާފައިވާ ކުރިއެރުން ދަނީ ފުޅާވަމުންނެވެ. އަދި އައްޑޫސިޓީގެ މޭޔަރުކަން އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނިޒާރަށް އެ ގޮނޑި ގާތްގަނޑަކަށް ކަށަވަރުވެފައި ވީނަމަވެސް ސިޓީ ކައުންސިލްގެ ބަޔެއް ގޮނޑިތައް ފުރަތަމަ ފަހަރަށް ޕީޕީއެމްއަށްވަނީ ކާމިޔާބު ކުރެވިފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ