ޓައިވާނުގެ ވައިގެ ސަރަހައްދަށް ގިނަ އަދަދެއްގެ ޗައިނާ ޗެޓުތައް ވެދެއްޖެ

ޓައިވާނުގެ ވައިގެ ސަރަހައްދަށް ގިނަ އަދަދެއްގެ ޗައިނާ ހަނގުރާމަމަތީ ޗެޓުތައް އިއްޔެ ވަދެފައިވާކަމަށް ޓައިވާނުން ބުނެފިއެވެ.

ޓައިވާނުގެ ދިފާއީ ބާރުން ބުނީ ޗައިނާގެ 25 ހަނގުރާމަމަތީ މަތިންދާބޯޓު ޓައިވާނުގެ އެއަރ ޑިފެންސް އައިޑެންޓިފިކޭޝަން ޒޯނަށް ވަދެފައިވާކަމަށެވެ.

މިއީ އަހަރުދުވަހުގެ ތެރޭ މިހާ ގިނަ އަދަދެއްގެ ޗައިނާގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކެއް ޓައިވާނުގެ ވައިގެ ސަރަހައްދަށް ވަތް ފުރަތަމަ ފަހަރެވެ. ޗައިނާގެ ބޯޓުތަކެއް ޓައިވާނުގެ ވައިގެ ސަރަހައްދަށް ވަދެފައި މިވަނީ އެމެރިކާއިން ޗައިނާގެ އަމަލުތަކާއިމެދު ކަނބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ޓައިވާނުގެ ވައިގެ ސަރަހައްދަށް ހޯމަދުވަހު ވަތް ހަނގުރާމަމަތީ މަތިންދާބޯޓުތަކުގެ ތެރޭގައި ހިމެނެނީ 18 ފައިޓަރ ޗެޓާއި، ނިއުކުލިއަރ ހަތިޔާރު އުފުލޭ ހަތަރު ބޯޓާއި، އެންޓި ސަބްމެރިން ދެ މަތިންދާބޯޓާއި، އަދި ދުރާލާ އިންޒާރުދޭ މަތިންދާބޯޓެއް ކަމަށް ޓައިވާނުން މައުލޫމާތު ދެއެވެ.

ޗައިނާގެ މި އަމަލާއި ގުޅިގެން ޓައިވާނުންވަނީ މިސައިލް ސިސްޓަމް މެދުވެރިކޮށް ބޯޓުތައް މޮނިޓާކޮށް އަދި ހަނގުރާމަމަތީ މަތިންދާބޯޓު ފޮނުވާ އިންޒާރު ދީފައެވެ.

ޗައިނާއިން ގަބޫލުކުރާ ގޮތުގައި ޓައިވާނަކީ ޗައިނާގެ ބާރުގެ ދަށުގައި އޮއްނަންޖެހޭ ޗައިނާގެ ބުރޭކްވޭ ޕްރޮވިންސެކެވެ. ނަމަވެސް، ޓައިވާނުން ގަބޫލުކުރަނީ ޓައިވާނަކީ މިނިވަން ގައުމެއްގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
5
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ