އިންޑިއާގެ 1.6 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ހދ. ކުޅުދުއްފުށި އަފީފުއްދީން ސްކޫލް އަދި ޏ. ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލުގައި "އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް" ޤާއިމްކުރުމުގެ މަޝްރޫއު ނިމި، އެކަން ފާހަގަކުރުމުގެ ގޮތުން ވަރޗުއަލްކޮށް މިއަދު ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ، ރައްޔިތުންގެ މަޖްލީހުގެ ކުޅުދުއްފުށި އަދި ފުވައްމުލަކަށް ނިސްބަތްވާ މެމްބަރުން އަދި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގަތެވެ.
ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ، ދަރިވަރުން އެތަނަކަށް ލޯބިޖެހި އެތަނަކަށް އަހުލުވެރި ބައެއްކަމުގައި ދެކޭނެފަދައިން ސްކޫލުތައް ބިނާކޮށް ފަރުމާކުރުމަކީ މުހިއްމުކަމެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ކުދިން ބޮޑެތިވެ މުޖުތަމައުއަށް މަންފާކުރުވަނިވި ބައެއްކަމުގައި ވެގެންދާނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
Inclusive Education Support Units in Afeefuddin School and Hafiz Ahmed School established under Indian Grant Assistance inaugurated
???? Press Release | https://t.co/uByYWdxeWJ@MoEdumv @HCIMaldives pic.twitter.com/CXEewIvoxk
— Ministry of Foreign Affairs ???????? (@MoFAmv) April 18, 2021
މި މަޝްރޫގެ ދަށުން 'އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓު ޔުނިޓް'ތައް ޤައިމްކުރުމުގައި އެހީތެރިކަން ފޯރުކޮށް، މި ޔުނިޓުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމުތައް ހިންގައި، މި ޔުނިޓުތަކަށް ބޭނުންވާ ހާއްސަ މެޓީރިއަލް ފޯރުކޮށްދީފައިވެއެވެ. މި ޔުނިޓުތައް ފަރުމާކުރެވިފައި ހުންނާނީ އުނގެނިގަތުމަށާއި އުނގަންނައިދިނުމަށް ފަސޭހަވާނެ މާހައުލެއް ގާއިމުކުރުމަށެވެ.
މި މަޝްރޫއު ހިންގުނީ ހިލޭ އެހީގެ ގޮތުގައި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް މާޗް 2019 ގައި ދިން 6.9 މިލިއަން ޑޮލަރު (106 މިލިއަން ރުފިޔާ)ގެ އެހީގެދަށުންނެވެ. އިންޑިއާ ސަރުކާރުގެ މި އެހީގެ ބޭނުމަކީ އިޖްތިމާއީ-އިގްތިސާދީ ކުރިއެރުންތަކަށް ދިވެހިރާއްޖޭގައި ހިންގޭ މަޝްރޫތަކަށް ހަރަދުކުރުމެވެ.
ޚަބަރު: މިނިސްޓްރީ އޮފް ފޮރިންގ އެފެއާރޒް