މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ އަހަރީ އާންމު ޖަލްސާ ފަސްކޮއްފި ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީ އިން މިއަދު ވިދާޅުވީ ކުރިން ލަފާކުރެވިފައިނުވާ ކަމެއް މެދުވެރިވުމާއި ގުޅިގެން، މިމަހުގެ 15 ވަނަ ދުވަހު ބެއްވުމަށް ކުރިން ތާވަލުކޮށްފައިވާ އެކުންފުނީގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ފަސްކުރެވިފައިވާ ކަމަށެވެ.
އަހަރީ އާންމު ޖަލްސާ ދެން ބާއްވާނެ ދުވަހެއް ކަނޑައަޅައި ވަރަށް އަވަހަށް އަންގާނެކަމަށް ވެސް އެމްޓީސީސީން ވިދާޅުވިއެވެ.
އަހަރީ އާއްމު ޖަލްސާއަށް އެމްޓީސީސީ ތައްޔާރުވާއިރު އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ފައިދާ ނުބަހަން ނިންމާފަ އެވެ.
އެމްޓީީސީސީ އަށް މިދިޔަ އަހަރުގެ ވަނީ ބޮޑު ގެއްލުމެއް ވެފަ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 2.9 މިލިއަން ރުފިޔާ އެވެ. ނަމަވެސް 2017 ވަނަ އަހަރު 97 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެހެންވެ، މިއީ ސާފު ފައިދާ ބޮޑުތަން ދައްވުމެކެވެ. އަދި މި އަހަރުގެ ފުރަތަމަ ތިން މަހު ވެސް ވަނީ ބޮޑު ގެއްލުމެއް ވެފަ އެވެ. ފުރަތަމަ ތިން މަހު އެ ކުންފުންޏަށް 45 މިލިއަން ރުފިޔާ ގެއްލުންވެފައިވެ އެވެ.




