މާސްގައި ނާސާއިން ހެލިކޮޕްޓަރު ދުއްވާލައިފި

މާސްގެ ބިމުގައި މިހާރު އޮތް ނާސާގެ ހާއްސަ އުޅަނދު ނުވަތަ ރޮބަޓް ޕާސަވިއަރެންސްގެ އެހީގައި މާސްއަށް ގެންދިޔަ އިންޖެނުއިޓީގެ ނަމުން ނަން ދީފައިވާ ދެ ބުރަފަތި ހިމެނޭ ހޮލިކޮޕްޓަރު މާސްގައި އުދުއްސާލައިފިއެވެ.

މިނެއްޓަކަށް ވުރެ މަދު ވަގުތު ކޮޅަކަށް މި އުޅަނދު މާސްގައި އުދުއްސާލައިފައިވާއިރު ނާސާއިން ދެކެނީ މިއީވެސް ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ. މާސްގެ ދަށް ވައިގެ ތެރޭގައި އުޅަނދެއް އުދުއްސާލުމަކީ ފަސޭހަކަމެއް ނޫންކަމަށް ނާސާއިން މައުލޫމާތު ދެއެވެ.

ނާސާ އިންޖިނިއަރުންގެ އަމާޒަކީ އިންޖެނުއިޓީ ދުއްވުމަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ގާތްގަނޑަކަށް ފަަސް ފަހަރު އިންޖެނުއިޓީ އުދުއްސާލުމެވެ. އޭގެ ހުރިހާ ހަރަކާތެއް ޕާސަވިއަރެންސުން ރެކޯޑްކުރަމުން ގެންދާނެއެވެ. އިންޖެނުއިޓީ ދުއްވަން ކަނޑައަޅާފައިވާ ޒޯންގެ ބޮޑު މިނަކީ 90 މީޓަރެވެ.

އިންޖެނުއިޓީ ވެގެންދާނީ ދުނިޔެއިން ބޭރުގެ ބިމަކަށް މިހާތަނަށް އިންސާނުން ފޮނުވި ފުރަތަމަ ހެލިކޮޕްޓަރަށެވެ. އިންޖެނުއިޓީ މާސްގައި އުދުއްސާލުން ވެގެން ގޮސްފައިވަނީ ދުނިޔޭގައި އެންމެ ފުރަތަމަ މަތިންދާބޯޓެއް ދުއްވި "ރައިޓް ބްރަދާސްގެ މޫވްމަންޓް" އަށް ކަމަށް، ސައިންސްވެރިން ބުނެ އެވެ.

އިންޖެނުއިޓީ އާއެކު ޖައްވުގައިވާ އެކިއެކި ޕުލެނެޓުތަކުގައި ތަހުލީލުތައް ހިނގާ ގޮތައް ބަދަލުތަކެއް އައްނާނެ ކަމަށް ބެލެވެއެވެ. ނާސާއިން މިހާރުވެސްވަނީ މިފަދަ އެހެން މިޝަން އެއް ޓައިޓަންގައި ކުރިއަށް ގެންދިއުމަށް ނިންމައިފައެވެ. ޓައިޓަންއަކީ ޕްލެނެޓް ސެޓާންގެ އެންމެ ބޮޑު ހަނދެވެ.

މިލިޔުން ކިޔާލުމުން
22
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ