އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން 23 މިލިއަން ޑޮލަރުގެ އަގުހުރި ފާހާނާއެއް ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ނާސާއިން މި ފާހާނާ ޓެސްޓު ކުރުމަށް ހަމަޖައްސައިފައިވަނީ އިންޓަރނޭޝަނަލް ސުޕޭސް ސްޓޭޝަން (އައިއެސްއެސް) ގައެވެ. އަދި މިފާހާނާ ޓެސްޓު ކުރަނީ މުސްތަގުބަލުގައި ހަނދައް ކުރާ އެކި ދަތުރުތަކުގައި މިފާހާނާ ބޭނުން ކުރުމަށް ކަމަށް ނާސާއިން މައުލޫމާތު ދެއެވެ.
ފާހާނާ ޓެސްޓު ކުރުމަށް އައިއެސްއެސް އަށް ގެންދިއުމަށް ހަމަޖެހިފައިވާ ރޮކެޓް މިދިޔަ ބުރާސްފަތި ދުވަހު އުދުއްސާލަން ތާވަލް ކުރެވިފައި ވީނަމަވެސް އެންމެފަހު ވަގުތު ދިމާވި ޓެކްނިކަލް މައްސަލަ ތަކަކާއި ގުޅިގެން ރޮކެޓް އުދުއްސާލުންވަނީ ފަސްކޮށްފައެވެ.

ބުރާސްފަތި ދުވަހު އުދުއްސާލަން ހަމަޖެއްސި ރޮކެޓްއަށް ދިމާވި މައްސަލަތައް އިންޖިނޭރުންނަށް މިއަދު ރަނގަޅު ކުރެވިއްޖެނަމަ މިއަދުގެ ފަހުގެ ވަގުތެއްގައި މި ރޮކެޓް އުދުއްސާލާނެ ކަމަށް ނާސާއިން މައުލޫމާތު ދެއެވެ.
ދިގުމިނުގައި 71 ސެންޓުމީޓަރު ހުއްނަ ނާސާގެ މި ފާހާނާގެ ބަރުދަނުގައި 45 ކިލޯގުރާމް ހުރެއެވެ. މިހެންކަމުން މިއީ ޖައްވުގައި މިހާރު ބޭނުންކުރާ ފާހާނާއަށްވުރެ 65 އިންސައްތަ ކުޑަ އަދި ބަރުދަނުގެ ގޮތުން 40 އިންސައްތަ ލުއި ފާހާނާއެކެވެ. އަދި މިހާރު ޖައްވުގައި ބޭނުންކުރާ ފާހާނާއަށްވުރެ މި އާ ފާހާނާ އަންހެން އެސްޓްރޯނޯޓުންނަށްވެސް ބޭނުން ކޮށްލަން ފަސޭހަވާނެ ކަމަށް ނާސާއިން މައުލޫމާތު ދެއެވެ.
ޖައްވުގައި ބޭނުންކުރާ ފާހާނާތައް ހަދައިފައި ހުއްނަނީ ވެކިއުމް ސިސްޓަމް ބޭނުން ކޮށްގެންނެވެ. ވެކިއުސް ސިސްޓަމްގެ އެހީގައި އިންސާނުންގެ ނަޖިސް މި ފާހާނާއިން ޒީރޯ-ގުރެވިޓީ މާހައުލުގައި ދަމައިގައްނާނެއެވެ.
If you've ever wondered how astronauts use the bathroom in space –– today’s your day.
In this NEW #AskNASA episode, @Astro_Jessica answers some of our most popular ❓s about living on the @Space_Station & sneak peeks a new space toilet launching tonight: https://t.co/ysiPNyfrfP pic.twitter.com/jRp1ucH7DO
— NASA (@NASA) October 1, 2020



