ކ. ގުޅި

ގުޅި ސްކޫލް ޓީޗަރެއް ކޮވިޑް-19 އަށް ޕޮޒިޓިވުވެ އެރަށް މޮނިޓަރިންނަށް ލައިފި

ކ. ގުޅި ސްކޫލް ޓީޗަރެެއް ކޮވިޑް-19 އަށް ޕޮޒިޓިވުވެ އެރަށް މޮނިޓަރިންނަށް ލައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ ގުޅި ސްކޫލްގައި ކިޔަވައިދޭ އަންހެން ޓީޗަރެކެވެ.

ގުޅި ކައުންސިލްގެ ރައީސް މުހައްމަދު ފަތުހުﷲ މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވުވި ފަރާތް ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވަނީ އަލާމާތް ފެނިގެން ނޫން ކަމަށާއި ނަމަވެސް ޑޮކްޓަރުގެ އެދުމުގެ މަތިން ކަމަށެވެ.

ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވުވި އަންހެން މީހާއަކީ މާބަނޑު އަންހެނެއް ކަމަށެވެ.

ފަހަކަށް އައިސް އަތޮޅުތެރޭ ރައްތަކުން ކޮވިޑް-19 އަށް ޕޮޒިޓިވުވާ މީހުންގެ އަދަދުތައްވަނީ އިތުރުވާން ފަށައިފައެވެ. މިގޮތުން އިއްޔެވެސް އަތޮޅުތެރޭ ރައްތަކުން 72 މީހަކުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ