މަތިވެރިން ގިނަ ބަޔަކު ޕޮޒިޓިވްވެ ރަށް މޮނިޓަރިންއަށް

އއ. މަތިވެރިން ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް މޮނިޓަރިންއަށްލައިފިއެވެ.

މަތިވެރި މޮނިޓަރިންއަށް ލާފައި ވަނީ މިއަދުއެވެ.

އެރަށުން ކައުންސިލްގެ ނައިބު ރައީސް ސަމާ ޢަބްދުލްޣަފޫރު މި ނޫހަށް ވިދާޅުވީ އެރަށުން 10 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށާއި، މި ކޭސްތަކައި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށެވެ.

10 މީހަކު މަތިވެރިން ޕޮޒިޓިވް ވެފައިވާއިރު އެރަށުން ހުުންއައިސް ރޯގާގެ އަލާމާތްތައް ހުރެގެން ގިނަ ބަޔަކު ވަނީ ފްލޫ ކުލިނިކަށް ދައްކާފައެވެ.

އެގޮތުން ފްލޫ ކުލިނިކުން 15 މީހެއްގެ ސާމްޕަލް ނަގައި ކޮވިޑަށް ޓެސްޓް ކުރިއިރު އޭގެ ތެރެއިން 10 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ސަމާ ވިދާޅުވި ގޮތުގައި އެރަށް މި ބަލި އައިސްފައިވަނީ ކިހިނެތްކަން ބުނަން ނޭންގޭކަމަށާއި، މީގެ ކުރިން އެރަށުން މުޖުތަމަޢު ތެރެއިން ކޮވިޑް ފެނިފައި ނުވާކަމަށެވެ.

ނަމަވެސް މީގެ ކުރިންވެސް ކަރަންޓީންގައި ހުރި މީހުން އެރަށުން ޕޮޒިޓިވް ވެފައިވާކަމަށް ސަމާ ވިދާޅުވިއެވެ.

މަތިވެރިއަކީ ގެސްތްހައުސްގެ ވިޔަފާރިވެސް ކުރަމުން އަންނަ ރަށެކެވެ. ނަމަވެސް ސަމާ ވިދާޅުވި ގޮތުގައި ރަށުތެރެއަށް މި ބަލި ފެތުފައިވަނީ ގެސްޓްހައުސްތަކުން ކަމަށް ބުނަން ދަތިކަމަށެވެ.

 

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ