މޭޔަރު ޝިފާ އާއި އިންތިހާބީ މޭޔަރު މުއިއްޒު ބައްދަލުކުރައްވައިފި

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދާއި މި މަހު 10 ގައި ބޭއްވި ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް އިންތިހާބުވެ ވަޑަައިގެންފައިވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިިފިއެވެ.

މި ބައްދަލުކުރެއްވުމާއި ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލުން ބުނީ މޭޔަރު ޝިފާގެ އިތުރުން ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައި ވަނީ އިންތިހާބީ މޭޔަރާ މަގާމު ހަވާލުކުރުމުގެ ކަންކަމާ ގުޅޭ ގޮތުން ކަމަށެވެ.

އަދި މިބައްދަލުކުރެއްވުމާއި ގުޅިގެން މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މި  ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވިގެން ގޮސްފައި ވަނީ އިންތިގާލީ މަރުހަލާއާ ގުޅޭގޮތުން ކަމަށެވެ.

މި ބައްދަލުވުމުގައި ޝިފާގެ އިތުރުން ޑެޕިޔުޓީ މޭޔަރު ޝަމާރު ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މާލޭގެ މޭޔަރު ކަމަށް މުއިއްޒު އިންތިހާބުވެޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަބްދުއްސައްތާރާ ވާދަކޮށް، ބޮޑު ތަފާތަކުންނެވެ. އޭނާއަށް 12470 މީހުން ވޯޓުލި އިރު އަނަސްއަށް ވޯޓުލީ 7436 މީހުންނެވެ. ޑރ. މުއިއްޒު މޭޔަރު ކަމަށް އިންތިހާބުވެވަޑައިގަތީ ވޯޓުލީ މީހުންގެ 61 ޕަސެންޓް ވޯޓުންނެވެ.

އަދި މިއީ، މާލޭގެ މޭޔަރު ކަމަށް އެމްޑީޕީ ނޫން ޕާޓީއެއްގެ މީހަކު އިންތިހާބުވި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

އަލަށް އިންތިހާބުވި ކައުންސިލް މެމްބަރުން ހުވާކުރުން އޮންނާނީ ރޯދައިގެ ފަހުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ