ބ.ފުޅަދޫ ފާލަން މަތިން މޫދަށް ފުންމާލި ފަތުރުވެރިއަކު މަރުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، އެ މީހާ މަރުވީ މިއަދު ހެނދުނު ގާތްގަނޑަކަށް 6:45 ހާއިރު ކަމަށެވެ. އަދި އޭނާ މަރުވީ ދިޔަވަރު ހިކިފައި ވަނިކޮށް އެ ރަށު ފާލަން މަތިން މޫދަށް ފުންމާލި ވަގުތު މޫދު އަޑީގައި ބޯޖެހިގެން ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އެމީހާ ފުޅަދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައެވެ. އަދި މިހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.
މި ހާދިސާގައި މަރުވެފައިވަނީ ޔޫކްރެއިންގެ އުމުރުން 62 އަހަރުގެ ފިރިހެނެކެވެ. އަދި އެ މީހާއަކީ އެރަށުގެ ގެސްޓްހައުސް އެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ މީހެކެވެ.



