ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއި ނުލާ މާލޭގެ މަގުތަކަށް ވެހިކަލް އިތުރުވާގޮތަށް ޤަނޫނާއި ޤަވާއިދުތައް ނުހެދުމަށް މާލެ ސިޓީގެ އިންތިޚާބީ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ޑރ. މުޢިއްޒު މިކަމަށް އެދިވަޑައިގެންފައި މިވަނީ އިންޖީނުލީ އެއްގަމު އުޅަނދު ރެޖިސްޓްރީ ކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދު ބާއްވާނެކަމުގެ ލިޔުން ހުށަހަޅަން ލާޒިމް ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއިން ނިންމާފައިވަނިކޮށެވެ.
އެގޮތުން މުޢިއްޒު ވަނީ މާލެ ސިޓީގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއި ނުލާ އެއްވެސް ހިފެހެއްޓުމެއްނެތި މާލެ ސިޓީގެ މަގުތައްމައްޗަށް ވެހިކަލްތައް އިތުރުވާނެ ގޮތަށް އެއްވެސް ޤާނޫނެއް ޤަވާއިދެއް އިސްލާހު ނުކުރުމަކީ މާލެ ސިޓީގެ ރައްޔިތުންގެ ޙައްޤުގައި އެދޭ ވަރަށް ބޮޑު އެދުމެއްކަމަށް ވިދާޅުވެފައެވެ.
Male city rayyithunge khiyaalaa mashwara aa nulaa, evves hifehettumehnethi Male city ge maguthah mahchah vehicle thah ithuruvaane gothakah evves gaanooneh, gawaaidheh islaah nukurevvumakee Male city rayyithunge haggugai alhugandu varah edhey kameh. @mvpeoplesmajlis
— Dr Mohamed Muizzu (@MMuizzu) April 27, 2021
މީގެ ކުރިން އޭސީސީން ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި ވެހިކަލް ރަޖިސްޓްރީ ކުރުމުގައި ކޮރަޕްޝަން ހިނގާކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މާލޭގައި އެއް ގަރާޖަކަށް 70 އެއްހާ ކާރު ރަޖިސްޓްރީކޮށްފައި ވާކަމުގެ ތުހުމަތުތަކެއް އޭސީސީން ކޮށްފައިވެއެވެ.
ނަމަވެސް އޭސީސީގެ މި ތުހުމަތުތަކާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެކަން ދޮގުކުރައްވާފައެވެ.
މިދިޔަ އާދިއްތަ ދުވަހު ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއިން ވަނީ ގާނޫނު އިސްލާހުކޮށް ރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ ތަނެއްގައި އުޅަނދު ބޭއްވުން ލާޒިމް ނޫން ކަމަށް ހަދާފައެވެ. އަދި އެފަދަ ލިޔުން ހުށަހެޅަންވެސް ލާޒިމް ނޫން ކަމުގައި އިސްލާހުގައި ބުނެފައިވެއެވެ.
ހިޔާލު
Liyumeh nulumakun vaki vehicle ithureh nuvaanekan ehmenahves engeyne , liyun laan nujehumun hama ekani thafaathakee registry kuran garrage ge verimeehaa ah 70000rf dheyn nuneheykan,