ޑރ.މުޙައްމަދު މުއިއްޒު - ފޮޓޯ: ރާއްޖެ.އެމްވީ

ތާރީޚުން ފިލާވަޅު ލިބިގަނެ ނިކަން ހޭއަރާ: މުޢިއްޒު

ތާރީޚުން ފިލާވަޅު ލިބިގަތުމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

މުޢިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ލޯ ކުރިމަތީގައި ނިއުޅެމުންދާ ހަޤީޤަތްތަކަށް ލޯ މަރާލާ ޣާފިލްވެގެން ތިބެއްޖެނަމަ، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށް ލިބިގެން ހިނގައިދާނެ ގެއްލުމާމެދު ވިސްނެވުމަށެވެ. "ތާރީޚުން ފިލާވަޅު ލިބިގަނެ، ނިކަން ހޭއަރާ" މުޢިއްޒު ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޤައުމުގެ ޙައްޤުގައި ކަމަރު ބެންނެވުމަށްވެސް މުޢިއްޒު ވަނީ ގޮވާލައްވާފައެވެ.

މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު "ރާއްޖެ ވިއްކާލުމާ ދެކޮޅަށް" އިދިކޮޅު ފަރާތްތަކުން ވަނީ ރާއްޖޭގެ އެކިކަންކޮޅު ތަކުގައި މުޒާހަރާތައް ބާއްވާފައެވެ. އެގޮތުން ރާއްޖޭގެ ގިނަ ރައްތަކެއްގައި މުޒާހަރާތައް ބާއްވާފައިވާއިރު، މާލޭގައިވެސް މިދިޔަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން ވަނީ ސައިކަލު ބުރެއް ބާއްވާފައެވެ.

މާލޭގައި އިދިކޮޅުން ބޭއްވި ސައިކަލް ބުރުގައި އެޗްޕީއޭގެ ގައިޑްލައިންއާއި ޚިލާފުވެފައިވާތީ މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް އަންނަނީ ފުލުހަށް ހާޒިރު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ