އަހަރީ ޖަލްސާ ފަސްކުރީ ޝަކުވާއެއް ބެލުމަށް - އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ އަހަރީ އާންމު ޖަލްސާ ފަސްކުރީ ހުށަހެޅުނު ޝަކުވާތަކެއް ބެލުމަށްފަހު އަހަރީ ޢާއްމު ޖަލްސާ ބޭއްވުމަށް ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީ އިން މިރޭ ނެރުއްވި އިއުލާނެއްގައި ވިދާޅުވީ، ޖަލްސާ ފަސްކުރީ އެ ޖަލްސާގައި ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވުމަށް ޕްރޮކްސީ ފޯމު ހުށަހެޅުމުގައި ސުވާލުއުފެދޭފަދަ ކަމެއް ހިނގާފައިވާކަމުގެ ޝަކުވާ ލިބުމާ ގުޅިގެން ކަމަށެވެ.

"15 ޖޫން 2019 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިކުންފުނީގެ 2018 ވަނަ އަހަރީ އާއްމު ޖަލްސާގައި ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވުމަށް ޕްރޮކްސީ ފޯމު ހުށަހެޅުމުގައި ސުވާލު އުފެދޭފަދަ ކަމެއް ހިނގާފައިވާކަމުގެ ޝަކުވާ، ޑިރެކްޓަރުކަމަށް ނޮމިނޭޓްވެފައިވާ ބައެއް ފަރާތްތަކުން، ހުށަހަޅާފައިވާތީ މިކަން ބެލުމަށްފަހު، 15 ޖޫން 2019 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުންފުނީގެ 2018 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ ފަސްކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ވާހަކަ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވިން." އެމްޓީސީސީގެ އިޢުލާނުގައި ވިދާޅުވެފައިވެއެވެ.

އެމްޓީސީސީ އިން ވިދާޅުވީ، 2018 ވަނަ އަހަރުގެ ފަސްކުރެވުނު އަހަރީ ޢާއްމު ޖަލްސާ ދެން ބާއްވާނެ ތާރީޚެއް އަވަސް ފުރުޞަތެއްގައި ހާމަކުރައްވާނެ ކަމަށެވެ.

ދެން ބާއްވާ އަހަރީ ޖަލްސާގައި ކުންފުނީގެ މުސްތަޤްބަލަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްޥާނެކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ