މާވެލް ސިނަމެޓިކް ޔުނިވާސްގެ ތެރެއިން ގެނެސްދޭ މާވެލް "ފޭސް 4" ގެ ކުރިއަށް އޮތް ފިލްމްތަކުގެ ޓައިޓަލް ނަމާއެކު ފިލްމް ރިލީޒްކުރާނެ ތާރީޙްވެސް މާވެލް ސްޓޫޑިއޯއިން އިއުލާންކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހު މާވެލް އިން ދައްކާލި ތިން މިނެޓްގެ ހާއްސަ ވީޑިއޯއެއްގެ "ފޭސް 4"ގެ ފިލްމްތައް ރިލީޒް ކުރާނެ ތާރީހް އެނގިގެން ދިޔައިރު، ފިލްމް "އިޓާނަލްސް"ގެ ފުރަތަމަ ފެނިލުންވެސް ދައްކާލައިފައިވެއެވެ.
"އިޓާނަލްސް" އަކީ ހޮލީވުޑްގެ އޭ ލިސްޓް ކާސްޓެއް ހިމެނޭ ފިލްމެކެވެ. އެގޮތުން މި ފިލްމްގައި އެންޖެލީނާ ޖޯލީ، ސަލްމާ ހަޔެކް، ޖެމާ ޗެން، ރިޗާރޑް މެޑެންގެ އިތުރުން ކުމައިލް ނަންޖިއާނީ ފަދަ މޮޅެތި ތަރިން ހިމެނެއެވެ.
"އިޓާނަލްސް" ގެ އިތުރުން މާވެލްގެ "ބްލެކް ވިޑޯ" އަދި "ބްލްކެ ޕެންތާ"ގެ ސީކުއަލްވެސް މި ވީޑިއޯގައި އިއުލާންކުރިއެވެ.
"ފޭސް 4"ގެ ފިލްމްތަކާއި ރިލީޒްކުރާނެ ތާރީޙް:
ބްލެކް ވިޑޯ: 9 ޖުލައި 2021
ޝަން-ޗީ އެންޑް ދަ ލެޖެންޑް އޮފް ތަ ޓެން ރިންްގްސް: 3 ސެޕްޓެމްބަރ 2021
އިޓާނަލްސް: 5 ނޮވެމްބަރ 2021
ސްޕައިޑަ މޭން: ނޯ ވޭ ހޯމް: 17 ޑިސެމްބަރ 2021
ޑޮކްޓަރ ސްޓްރޭންޖް: 25 މާޗް 2022
ތޯ: ލަވް އެންޑް ތަންޑާ: 6 މެއި 2022
ބްލެކް ޕެންތާ: 8 ޖުލައި 2022
ދަ މާވެލްސް: 11 ނޮވެމްބަރ 2022
އެންޓް މޭން އެންޑް ދަ ވޮސްޕް: 17 ފެބްރުއަރީ 2023
ގާޑިއަންސް އޮފް ދި ގެެލެކްސީ: 5 މެއި 2023



