"ސްޕައިޑަރ މޭން 3" ރެކޯޑެއް މުގުރާލައިފި!

ގިނަ ދުވަހެއްގެ އިންތިޒާރީއަށް ފަހު މީގެ ތިން ދުވަސްކުރިން ރިލީޒްކުރި މާވެލްގެ "ސްޕައިޑަރ މޭން: ނޯ ވޭ ހޯމް"  ޓްރެއިލާއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މި ޓްރެއިލާއާއިއެކު މިވަނީ ރެކޯޑެއްވެސް މުގުރާލައިފައެވެ.

މާވެލް އިން ރިލީޒްކުރި އެންމެ ބޮޑު ފިލްމް، އަދި އެވެންޖާސްގެ އެންމެ ފަހުގެ ފިލްމް "އެވެންޖާސް: އެންޑްގޭމް"ގެ ޓްރެއިލާ ރިލީޒްކުރިތާ 24 ގަޑިއިރުގެ ތެރޭގައި މުޅި ދުނިޔެއިން އެ ޓްރެއިލާއަށް 289 މިލިއަނަށްވުރެ ގިނަ ވިއުސް ލިބި ރެކޯޑު ހެދިއިރު، "ސްޕައިޑަރ މޭން: ނޯ ވޭ ހޯމް" އިން މިވަނީ މި ރެކޯޑު މުގުރާލައިފައެވެ.

އެގޮތުން "ސްޕައިޑަރ މޭން: ނޯ ވޭ ހޯމް"ގެ ޓްރެއިލާ ރިލީޒްކުރިތާ 24 ގަޑިއިރު ތެރޭގައި ޓްރެއިލާއަށް ވަނީ 355.5 މިލިއަނެއްހާ ގްލޯބަލް ވިއުސް ލިބިފައެވެ. އެއާއެކު "އެވެންޖާސް: އެންޑްގޭމް" ގެ މި ރެކޯޑު މި ފިލްމުން މި ވަނީ މުގުރާލައިފައެވެ.

"ސްޕައިޑަރ މޭން: ނޯ ވޭ ހޯމް"ގެ ޓްރެއިލާ އަކީ މާވެލްގެ ނުކުންނަން އޮތް ފިލްމްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި ޓްރެއިލާއެވެ. އާއްމުކޮށް ފިލްމް ރިލީޒްކުރުމުގެ އެތައް މަހެއް ކުރިން މާވެލް އިން އެ ފިލްމެއްގެ ޓްރެއިލާ ރިލީޒްކުރިނަމަވެސް، މި އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރާ ސްޕައިޑަމޭންގެ ތިން ވަނަ ފިލްމްގެ ޓްރެއިލާ މޭވެލް އިން ރިލީޒްނުކޮށް އެތައް ދުވަހެއް ދިގުލައިގެން ދިއައެވެ.

މި މަހުގެ 24 ގައި ޓްރެއިލާ ރިލީޒްކުރިއިރު،  ޓްރެއިލާ ލީކު ވެގެން އުޅޭކަމުގެ އަޑުތަކެއް އޭގެ އެއްދުވަސްކުރިން ފެތުރިފައިވަނިކޮށެވެ.

ސޮނީ އާއި ޑިޒްނީއިން އުފައްދާ މާވެލްގެ ސިނަމެޓިކް ޔުނިވާރސްގެ ތެރެއިން ގެނެސްދޭ "ސްޕައިޑަ މޭން: ނޯ ވޭ ހޯމް" ގެ މި ޓްރެއިލާގެ ދިގު މިނަކީ 3 މިނެޓާއި 3 ސިކުންތެވެ. މި ޓްރެއިލާ ޔޫޓިއުބްގައި ރިލިޒްކުރިތާ ގާތްގަނޑަކަށް ދެ ގަޑިއިރު ވެފައިވާއިރު، މިހާރުވެސް ޓްރެއިލާއަށް ތިން މިލިއަނެއްހާ ވިއުސް ލިބިފައިވެއެވެ.

“ސުޕައިޑަރ މޭން ފާ ފްރޮމް ހޯމް” ގައި އެންމެ ފަހުން ހިނގާފައިވާ ހާދިސާއަށް ބަލާއިރު، ފިލްމްގެ ޕޯސްޓް ކްރެޑިޓް މަންޒަރުގައި، ސްޕައިޑަމޭންއަކީ ކާކުކަން ފިލްމްގެ ވިލަން “މިސްޓީރިއޯ” މުޅި ދުނިޔެއަށް ވަނީ ފަޅާއަރުވާލަފައެވެ. އެހެންކަމުން މިފަހަރުގެ ފިލްމްގައި އެންމެންނަށް ސްޕައިޑަމޭންގެ އައިޑެންޓިޓީ އެނގުމުން ޕީޓާ ޕާކާ އަށް ކުރިމަތިވާ ކަންކަން ދައްކުވައިދެއެވެ.

ޓްރެއިލާއިން ފެނިގެންދާ މަންޒަރުތަކަށް ބަލާއިރު، ފިލްމްގައި ސްޕައިޑަމޭން އާއިއެކު އޭނަގެ ގާޑިއަންއެއްގެ ގޮތުގައި މިފަހަރު އުޅެނީ ޑޮކްޓަރ ސްޓެރޭންޖެވެ. އަދި މީގެ ކުރިން ސްޕައިޑަމޭން ފިލްމްތަކުގައި ފެނިގެންދިޔަ އެންމެ ވަރުގަދަ ވިލަން "ޑޮކްޓަރ އޮކްޓޮޕަސް" ފެނިގެންދާ މަންޒަރެއްވެސް ޓްރެއިލާއިން ފެނިގެންދެއެވެ.

މާވެލް ސްޕައިޑަމޭން ސީރީޒްގެ ކުރީ ދެ ފިލްމްގައިވެސް ސްޕައިޑަމޭންގެ ރޯލު ކުޅެފައިވާ އެކްޓަރު ޓޮމް ހޮލެންޑް ފެނިގެންދާއިރު، ޓޮމް އިތުރަށް ބުނީ، ފިލްމްގައި ސްޕައިޑަމެންގެ ލޯބިވެރިޔާ "އެމް ޖޭ" ގެ ރޯލު ކުޅަމުން އަންނަ ޒުވާން ތަރި "ޒެންޑެޔޭ" މިފަހަރުގެ ފިލްމުންވެސް ފެނިގެންދާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ