މާލީގެ އަންހެނަކު އެއްމާބަނޑު ނުވަ ކުދިން ވިހައިފި

އުމުރުން 25 އަހަރުގެ މާލީ އަށް ނިސްބަތްވާ އަންހެނަކު އެއްމާބަނޑު ނުވަ ކުދިން ވިހައިފިއެވެ.

ހަލީމާ ކިއްސޭ ނަމަކަށްކިޔާ މި އަންހެންމީހާ މި ނުވަކުދިން ވިހައިފައިވަނީ މޮރޮކޯގެ ހޮސްޕިޓަލެއްގައެވެ. ޑޮކްޓަރުން ކުރިން ލަފާކޮށްގެން ތިބީ ކިއްސޭގެ ބަނޑުގައިވަނީ ހަތްކުދިން ކަމަށެވެ.

މާލީގެ ހެލްތް މިނިސްޓްރީއިން ބުނީ މައިމީހާއާއި ދަރިންގެ ހާލުވެސް ރަނގަޅުކަމަށާއި މި ނުވަކުދިން ނަގައިފައިވަނީ އޮޕަރޭޝަންކޮށްގެން ކަމަށެވެ. މި ނުވަކުދިންގެ ތެރޭގައި ހިމެނެނީ ފަސް އަންހެން ކުދިންނާއި ހަތަރު ފިރެހެން ކުދިންނެވެ.

އާންމު ގޮތެއްގައި މިހާ ގިނަ އަދަދެއްގެ ކުދިން އެއްފަހަރާ ވިހެއުމަކީ ރިސްކް ބޮޑު ކަމެއް ކަމަށާއި މިފަދަ ކަމެއްގައި ގިނަ ފަހަރަށް ބަޔެއް ކުދިންގެ ފުރާނަ ސަލާމަތް ނުކުރެވޭތަން އައްނަކަމަށްވެސް މާލީގެ ހެލްތް މިނިސްޓްރީއިން ބުނެފައި ވެއެވެ. މިހެންކަމުން މިހާ ކާމިޔާބުކަމާއެކު މިކުދިން ވިއްސުމުގެ ފަހަތުގައި ތިބި ޓީމަށް ހެލްތް މިނިސްޓްރީގެ ފަރާތުންވަނީ ޝުކުރު ދައްނަވައިފައެވެ.

ކިއްސޭ ވިއްސުމަށް މޮރޮކޯއަށް ގެންގޮސްފައިވަނީ މާލީ ސަރުކާރުގެ ހަރަދުގައި މިދިޔަމަހުގެ 30 ވަނަ ދުވަހުއެވެ. އަދި ކިއްސޭގެ އޮޕަރޭޝަންކޮށް ނުވަ ކުދިން ނަގައިފައިވަނީ އިއްޔެއެވެ.

މިލިޔުން ކިޔާލުމުން
72221
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ