މާލީގެ ރައީސް އަސީމީ ގޮއިތާ އަވަހާރަކޮށްލުމަށް ވަޅިން ހަމަލާދޭން މަސައްކަތް ކޮށްފިއެވެ.
ރައީސްގެ އޮފީހުން މައުލޫމާތުދިން ގޮތުގައި، ގޮއިތާ އަވަހާރަކޮށްލުމަށް ވަޅިން ހަމަލާދިނުމަށް މަސައްކަތްކޮށްފައިވަނީ މިއަދު އީދު ނަމާދަށް ފަހުއެވެ. ނަމަވެސް މި ހަމަލާގައި ގޮއިތާ އަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މީސްމީޑިއާ ޓުވިޓާ މެދުވެރިކޮށް ރައީސް އޮފީހުން ބުނީ، ރައީސްއަށް ހަމަލާދިނުމަށް މަސައްކަތްކުރި މީހާ ރައީސް އަށް ހަމަލާދިނުމުގެ ކުރިން ހަށިފާރަވެރިން އެމީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. މިހަމަލާގައި ރައީސްއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާއިރު މިމައްސަލަ މިހާރު އައްނަނީ ތަހުގީގު ކުރަމުންނެވެ.
ހަމަލާއަށްފަހު ގޮއިތާ ވިދާޅުވީ، ހާލުކޮޅު ރަނގަޅުކަމަށާއި ލީޑަރުންނަށް އެފަދަ ކަންކަން ކުރިމަތިވާނެ ކަމަށެވެ. މީގެއިތުރަށް ގޮއިތާ ވިދާޅުވީ، އަބަދުވެސް ހިތްހަމަ ނުޖެހޭ ބަޔަކު ތިބޭނެ ކަމަށާއި މިފަދަ ފަރާތްތައް ހަމަނުޖެހުންތައް އުފައްދަންވެސް މަސައްކަތް ކުރާނެ ކަމަށެވެ.
ގޮއިތާ މާލީގެ ރައީސްކަމަށް އައިސްފައިވަނީ، 2020 ވަނަ އަހަރުގެ އޮގަސްޓްމަހު ގެނެވުނު އަސްކަރީ ބަގާވާތަކަށް ފަހުއެވެ.