މާލޭގެ ބައެއް ސަރަހައްދުތަކުން ވަރަށް ބޮޑަށް އުދަ އަރާ ފެންބޮޑުވެއްޖެއެވެ.
މާލެއަށް އެންމެ ބޮޑަށް އުދަ އަރަމުންދަނީ ކާނިވާ ސަރަހައްދުންނެވެ. އުދައިގެ ބޮޑެތި ރާޅުތަކުގެ ސަބަބުން ކާނިވަލުގެ ތެރޭގެ ބޮޑު ބައެއްގައި ފެން ބޮޑުވެފައިވާއިރު، އެ ސަރަހައްދުން މަގުމައްޗަށް ވެސް ވަނީ ފެންގަނޑު ދަތުރުކޮށްފައެވެ.
ހެންވޭރު ރާޅުގަނޑު ސަރަހައްދަށް ވެސް އުދަ އަރައި އެ ހިސާބުގެ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.

އުދައިގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި އެސަރަހައްދުތަކުގައި ހުރި އުޅަނދުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
Malé carnival sarahahdhaai raalhugandu sarahahdhah udha aramundhaathy, huriha beyfulhunves ulhandhu thah nangavaa rakkaatherikamuge fiyavalhu alhuvva!
— Maldives Police (@PoliceMv) June 15, 2019
Malé carnival area & bridge area is flooded by seasonal tidal variations. So, please remove your vehicles & take safety measures
މާލެއަށް މިއަދު ވަރަށް ބޮޑަށް އުދަ އެރިއިރު ރޭވެސް މާލެއަށް ވަނީ އުދަ އަރާފައެވެ. އިންޑަސްޓްރިއަލް ވިލެޖާ ދިމާލުން ރޭ ވަރަށް ބޮޑަށް އުދަ އަރާތީ އެސަރަހައްދުގައި ހުރި ވެހިކަލްތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމަށްވެސް ފުލުހުން އިލްތިމާސް ކުރެއްވިއެވެ.
މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ނަމަވެސް ބޮޑު ދިޔައިގައި ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.




