ހޯރައްފުއްޓަށް ވަރަށް ބޮޑަށް އުދަ އަރަނީ

މުޅި ރާއްޖެއަށް މިހާރު ކުރަން އަންނަ ވިއްސާރައިގައި ހއ. ހޯރަފުއްޓަށް ވަރަށް ބޮޑަށް އުދަ އަރަމުން އެބަދެއެވެ.

މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހޯރަފުއްޓަށް އުދަ އަރަމުން އަންނަނީ އެރަށުގެ ހުޅަނގު ފަރާތުންނެވެ. އުދަ އެރުމުގެ ސަބަބުން އެރަށުގެ ވަރަށް ގިނަ ގޭގެއަށް ފެންވަދެ ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހޯރަފުށީގެ އެއަރޕޯޓް އޮންނަ ސަރަހައްދަށްވެސް ވަނީ ވަރަށް ބޮޑަށް އުދަ އަރާފައެވެ.

މި ވިއްސާރައިގައި އުތުރުގެ ގިނަ ރައްތަކަކަށް އަންނަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ.

ހޯރަފުށީ ކައުންސިލްގެ މެންބަރުޢަލީ ނަޞީރު އާދަމް މި ނޫހަށް މަޢުލޫމާތު ދެއްވި ގޮތުގައި އެރަށަށް އުދައަރަންފަށާފައި ވަނީ މިއަދު މެންދުރުއެވެ. އެގޮތުން މިހާރު ވަނީ ރަށުގެ ވަރަށް ބޮޑު ސަރަހައްދަކަށް އުދައަރާ މީހުން ދިރިއުޅެމުން އަންނަ ގިނަ ގެތަކަކަށްވެސް ލޮނުގަނޑު ވަދެފައެވެ.

އެއަރޕޯޓް ސަރަހައްދަށްވެސް ވަރަށް ބޮޑަށް އުދައަރާ ރަންވޭ މައްޗަށްވެސް ވެލިގަނޑު އަރުވާލާފައިވާކަމަށާއި، އެއަރޕޯޓަށް ދާން އޮންނަ މަގަށްވެސް ވަރަށް ބޮޑަށް އުދަ އަރާފައިވާ ކަމުގައި ޢަލީ ނަޞީރު ވިދާޅުވިއެވެ.

މީގެ އިތުރުން އެރަށުގް ހެލްތް ސެންޓަރުގެ ތެރެއަށްވެސް ލޮނުގަނޑު ވަދެފައިވާކަމަށާއި، ރަށުތެރޭގައި ދެ ފޫޓަސް ވުރެ މައްޗަށް ލޮނުގަނޑު ހުންނާނެކަމުގައި ޢަލީ ނަޞީރު ވިދާޅުވިއެވެ.

އެރަށަށް އުދަ އަރަމުން އަންނަ އިރު މެތް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް މިއަދު މެންދުރު 11:30 އިން ފެށިގެން 15:30 އާއި ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ.

މިލިޔުން ކިޔާލުމުން
12116
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ