ފޮޓޯ: ދަ އެޑިޝަން

ރައީސް ޔާމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ގޮވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން މާލޭގެ އިންތިހާބީ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ގޮވާލައިފިއެވެ.

މުއިއްޒު މިކަމަށް ގޮވާލާފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އެމަނިކުފާނަށް އަނިޔާތަކެއް ވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިނުމަށް މީހަކު ގޮވާލާފައިވާ ދަނޑިވަޅެއްގައިކަންވެސް ފާހަގަކޮށްލެވެއެވެ.

އެގޮތުން ރޭ ރައީސް ނަޝީދަށް ދީފައިވާ ހަމަލާއަކީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ދިން ހަމަލާއެކަމަށާއި، ޔާމީން ގޭގައި ބަހައްޓަވާފަ ގޮއްވާލަން ރަނގަޅުވާނެކަމަށް އެމީހަކު މީސް މީޑިއާގައި ބުނެފައިވެއެވެ.

ރޭގެ ނިރުބަވެރި ހަމަލާއާއެކު ޤައުމު ހަލަބޮލިވެފައިވާ މިދަނޑިވަޅުގައި ޓްވިޓަރ މެދުވެރިކޮށް މުއިއްޒު ވިދާޅުވީ، ޤައުމު އިތުރަށް ހަލަބޮލިވާނެ އެއްވެސް ޖާގައެއް އަދި މިކަހަލަ ފިތުނަވެރި ދޮގުވާހަކަ ފެތުރުމުގެ ފުރުޞަތެއް މި ނާޒުކު ދަނޑިވަޅު ނުދިނުމަށް ސަރުކާރަށާ ސަލާމަތީ ބާރުތަކަށް އިލްތިމާސްކުރާކަމަށެވެ.

"އަދި ރައީސް ޔާމީންގެ ރައްކާތެރިކަން ކަށަވަރުކޮށް ދެއްވުމަށް ސަލާމަތީ ބާރުތަކަށް އިލްތިމާސްކުރަން." މުއިއްޒުގެ ޓްވީޓުގައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދީފައިވާ މިހަމަލާގައި އެމަނިކުފާނުގެ އިތުރުން އެމަނިކުފާނުގެ 3 ބޮޑީގާޑަކަށާއި، އިނގިރޭސި ވިލާތުގެ ފަތުރުވެރިއެއްގެ އިތުރުން އާންމު ރައްޔިތަކަށްވެސް އަނިޔާލިބިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ