އިސްރާއީލުން ޣައްޒާއަށް ހަމަލާދީ 24 މީހުން ޝަހީދު ކޮށްލައިފި

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ވައިގެ މަގުން ޙަމަލާތަކެއް ދީ 24 މީހުން ޝަހީދު ކޮށްލައިފި އެވެ.

އިސްރާއިލުން ވައިގެން މަގުން ޣައްޒާއަަށް ހަމަލާދީފައި މިވަނީ،  އިސްރާއީލު ސިފައިން މަސްޖިދުލްއަގްސާ އަށް ދިން ހަމަލާގައި އެތައް ބަޔަކު ޒަހަމް ވުމާއި ގުޅިގެން، އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ފަލަސްދީނުގެ ހަމާސް ޖަމާއަތުން އިސްރާއިލަށް ރޮކެޓް ހަމަލާތައް ދިނުމާއި ގުޅިގެންނެވެ.

އިސްރާއިލުން ޣައްޒާއަަށް ރޭ ދަންވަރު ދިން މި އުދުވާނީ ހަމަލާގައި 24 މީހަކު ޝަހީދުކޮށްލަފައިވާއިރު، އޭގެތެރޭގައި 9 ކުޑަކުދިން ހިމެނޭކަމަށް އަލްޖަޒީރާ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އިސްރާއިލުގެ އަނިޔާވެރިކަމާއި ދެކޮޅަށް ބަދަލު ހިފުމުގެ ގޮތުން ފަލަސްދީނުގެ ހަމާސްޖަމާއަތުން އިސްރާއިލުގެ ބައެއް ސަރަހައްދުތަކަށް ދޭންފެށި ރޮކެޓް ހަމަލާތަކުގެ ސަބަބުން، އިސްރާއިލަށް ވަނީ މަސްޖިދުލްއަގްސާއަށް ދެމުން ގެންދިޔަ އުދުވާނީ ހަމަލާތަށް ހުއްޓާލަން މަޖުބޫރުވެފައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ