މާދަމާއިން ފެށިގެން އައްޑޫ އަދި ފުވައްމުލަކުގައި ކާފިއު ހިންގަނީ

އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި މާދަން ފެށިގެން ކާފިއު ހިންގަން ނިިންމައިފިއެވެ.

އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ކާފިއު ހިންގަން ނިންމާފައިވަނީ ހަވީރު 6 އިން ފެށިގެން ފަތިހު 4 ކަށެވެ.

އައްޑޫ އަދި ފުވައްމުލަކު ސިޓީގައި ފިޔަވަޅުތައް ވަރުގަދަކޮށްފައިމިވަނީ ގިނަ އަދަދަކަށް ކޮވިޑް ކޭސްތައް ފެންނަމުންދާތީ އެވެ. އެގޮތުން އިއްޔެ ވެސް އައްޑޫން ވަނީ 17 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، ފުވައްމުލަކުން 18 މީހަކު މިބައްޔަށް ޕޮޒިޓިވް ވެފައި ވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން މިހާރު އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އައްޑޫ އަދި ފުވައްމުލަކުގައި އަޅާފައިވާ ފިޔަވަޅުތަކެގެ ތެރޭގައި ހިމެނެނީ؛

  • ހަވީރު 6:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.
  • ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
  • އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުން.
  • ފުވައްމުލައް ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުން.
  • އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން.
  • އެއްފަހަރާ 3 (ތިނެއް) މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުން.
  • ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.
  • ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓައިލުން.
  • ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުން.
  • ފިރާތަކުން ޚިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުން.
  • ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން.
  • ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތް ހުއްޓައިލުން. މީގެ ތެރޭގައި ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނެއެވެ. ނަމަވެސްކާފިއު ވަގުތުގައި ޓޭކްއަވޭގެ ޚިދުމަތެއް ވެސް ނުދެވޭނެއެވެ.

އެޗްޕީއޭ އިން ބުނީ މާދަމާ އިން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި މި ފިޔަވަޅުތައް އަޅަން ނިންމާފައިވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ