އަޤްޞާ މިސްކިތުގެ ހަނދާން އާކޮށްދީ އެތަނުގެ މުޙިންމުކަން ބުނެދޭންޖެހޭ: ޝަޙީމް

އަލް އަޤްޞާ މިސްކިތާއި ފަލަސްޠީނާއި ގުޅޭ ގޮތުން ހުކުރުޚުޠުބާއެއް އައުން ވަރަށް މުޙިންމު ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ޞައީދު ވިދާޅުވެއްޖެއެވެ.

ޝަޙީމް މިހެން ވިދާޅުވެފައި މިވަނީ ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އިރާއީލުން އަނިޔާވެރި ހަމަލާތަކުގައި ފަލަސްޠީންގެ އެތައް ރައްޔިތުންނެއް ޝަހީދުވެ، އެތައްބަޔަކަށް ބޮޑެތި އަނިޔާތައް ލިބެމުން ދާ ދުވަސްވަރެއްގައެވެ.

އިސްރާޢިލުން ދެމުންދާ ހަމަލާތަކުގައި ފަލަސްޠީނުގެ އިމާރާތްތަށްވެސް އަންނަނީ ބިމާހަމަވަމުންނެވެ. މީގެ އިތުރުން އެތައް ބައިވަރު ކުޑަކުދިންނަކާއި އާންމު ރައްޔިތުންވެސް އަންނަނީ މި ހަމަލާ ތަކުގައި މަރުވަމުންނެވެ.

ޝަޙީމް ވިދާޅުވީ އަލް އަޤްޞާ މިސްކިތާއި ފަލަސްޠީނާއި ގުޅޭ ގޮތުން ހުކުރު ޚުތުބާއެއް އައުން ވަރަށް މުޙިންމުކަމަށާއި، އަދި ފަލަސްޠީނަށް ހެޔޮ ދުޢާ ކުރަން ހިތްވަރުދީ ރައްޔިތުންގެ ހިތްތަކުގައި އަޤްޞާ މިސްކިތުގެ ހަނދާންތައް އާކޮށްދީ އަދުގެ ޖީލުތަކަށް އެތަނުގެ މުޙިންމުކަން ބުނެދިން މުޙިންމުކަމަށެވެ.

އިސްރާއީލުން ފަލަސްޠީނަށް ހަމަލާ ދެމުން އަންނަތާ އެއް އަހަރެއް ވެފައިވާއިރު، މި ހަމަލާތަކައް ނިމުމެއް އައިސްފައެއް ނުވެއެވެ. ޚާއްސަކޮށް ކޮންމެ އަހަރަކުވެސް ރަމަޟާން މަހާއި ދިމާކޮށް އިސްރާއިލުގެ އަނިޔާވެރިކަން އިތުރުވެއެވެ.

މިއަހަރުވެސް ރަމަޟާންމަހު ވަނީ އިސްރާއިލުން އަނިޔާވެރިން އިތުރުވެ އަޤްޞާ މިސްކިތައް ދާ މީހުންނާއި ދެމެދު ހަމަނުޖެހުން ހިންގާފައެވެ.

އިސްރާއިލްގެ ހަމަލާތަކާއި ގުޅިގެން ފަލަސްޠީންގެ ޙަމާސް ޖަމާޢަތުން އަންނީ އިސްރާޢީލަށް އޭގެ ރައްދު ދެމުންނެވެ. އެގޮތުން އިސްރާޢިލަށް އަމާޒުކޮށް ޙަމާސް އިން ވަނީ އެތައް ސަތޭކަ ރޮކެޓް ހަމަލާއެއް ދީފައެވެ. އަދި މިހަމަލާތަކުގައި އިސްރާއިލްގެ ބައެއް މީހުން ވަނީ މަރުވެފައެވެ.

ފަލަސްޠީނާއި އިސްރާއިލުގެ ކުރިމަތިލުންތައް އިތުރުވެފައިވާއިރު، އިސްރާއީލުން އަންނަނީ ފަލަސްޠީނަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް

3 Responses

  1. އައިސް

    ކެޔޮޅު މި ކޮން ބީތާއެއް ތަންދޮރު ނޭގޭ ބުރާނތި ވަނދު ކެޔޮޅު …

  2. ކެޔޮޅު

    ކާކައްތަ ބުނެދޭންވީ؟ބަލަ މިއުޅެނީ އެތަނުގެ މާތްކަން ނޭންގގެއްނޫން. އަދި އެތަނުގެ މުހިންމުކަން ވެސް ނޭންގި ގެންނޫން. މިއުޅެނީ އެތަނުގަ މުސްލިމުން ތަކެއް ގެ ލޭއޮހޮރުވާ މަރަމުން ދާތީ އެކަން ހުއްޓުވޭނެ ގޮތެއް ނެތިގެން. މިހިރަ ބުރާންޗާ.

    • އައި

      މި ސަރުކާރު ޔަހޫދީން ނާ ފުރެންޑް ވީމަ ތި ކަމެއް ނުބަލާނެ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ