ފުލުހުންގެ މަޑުއްވަރީ ޚާއްޟަ އޮޕަރޭޝަނުގެ ތެރެއިން - ފޮޓޯ: ފުލުހުން

އައްޑޫ އޮޕަރޭޝަންގައި 7 މީހަކު ހައްޔަރު ކޮށްފި

ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މިހާރު އައްޑޫ ސިޓީގައި ކުރިޔަށް ގެންދާ އޮޕަރޭޝަންގައި މިހާތަނަށް 7 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވަނީ މި އޮޕަރޭޝަންގައި 7 މީހަކު ހައްޔަރު ކޮށްފައިވާކަން މި ނޫހަށް ކަށަވަރު ކޮށްދީފައެވެ.

އެގޮތުން ފުލުހުން ވިދާޅުވީ ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫ ސިޓީގައި މިހާރު ކުރިޔަށްދާ އޮޕަރޭޝަނެއްގައި 7 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި އައްޑޫގައި ކުރިޔަށް ގެންދާ މި އޮޕަރޭޝަނަކީ ޓެރަރިޒަމައި ދެކޮޅަށް ކުރިޔަށް ގެންދާ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހަރުކަށި ފިކުރުގެ އިސް މީހުންވެސް ހިމެނޭކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. ނަމަވެސް ފުލުހުން އަދި އެމްއެންޑީއެފް އިންވެސް މި އޮޕަރޭޝަނާއި ގުޅޭ ތަފްޞީލް މަޢުލޫމާތެއް ހިއްސާކޮށްފައެއްނުވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މާލޭގައި އެއްޗެއް ގޮއްވާލުމާއި ގުޅިގެން ސިފައިން ވަނީ މާލޭގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން ލިބުނު މައުލޫމާތަކާއި ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ސެކިއުރިޓީވެސް މިހާރު ވަނީ މަތިކޮށްފައެވެ.

އެގޮތުން ސިފައިން އައްނަނީ ހަތިޔާރާއެކު އެއާޕޯޓުގަައި ހަރަކާތްތެރިވަމުންނެވެ. އަދި އެއާޕޯޓަށް ދާ ވެހިކަލްތަކާއި އެއާޕޮޓުން ނިކުންނަ ވެހިކަލްތައްވެސް ސިފައިން އައްނަނީ ޗެކު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ