ޕްލޭން ކޮށްފައިވާ މަޝްރޫޢުތައް ފެއްޓުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދާނެކަމުގައި މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މާލޭ ސިޓީގެ މޭޔަރ ކަމުގެ ހުވާ އިއްޔެ ކުރައްވާފައިވާއިރު، އެބޭފުޅާ ވިދާޅުވީ އެބޭފުޅާގެ ޕްލޭންއަކީ ރައްޔިތުންގެ ޕްލޭންކަމަށެވެ.
އެގޮތުން ކެމްޕެއިން ތެރޭގައި ރައްޔިތުން ޙާސިލްކުރަން ބޭނުންވާ އަމާޒުތައް ޙިއްސާކުރިކަމަށާއި އެ ކަންކަން ޙާސިލްކުރަން ކުރާނެ ކަންކަން ވެސް ހުށަހެޅާފައިވާނެކަމުގައި މުޢިއްޒު ވިދާޅުވިއެވެ.
މާލެ ސިޓީގެ މޭޔަރކަން މުއިއްޒު ކާމިޔާބުކުރީ އެމްޑީޕީގެ ކެނޑިޑޭޓާއި ވާދަކޮށް ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ. އެމްޑީޕީގެ ބައެއް ފަރާތްތަކުންވެސް ވަނީ މި އިންތިޚާބުގައި މުއިއްޒުއަށް ތާޢީދު ކުރެއްވިކަން ހާމަ ކުރައްވާފައެވެ.
"އެކަންކަން ބަލައިގަނެ ރައްޔިތުން ވޯޓުދިނީ. ޕްލޭން އަކީ ރައްޔިތުންގެ ޕްލޭން. ޕްލޭން ގައިވާ ކޮންމެ މަޝްރޫޢެއް ފެއްޓުމުގެ ކުރިން ރައްޔިތުންގެ ޚިޔާލް ހޯދާނެ" ޑރ. މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުއަށް ތާޢީދު ކުރައްވާކަން ގިނަ ފަރާތްތަކުން ހާމަ ކުރެއްވިއިރު، އެބޭފުޅާ ވަނީ އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ފަރާތްތަކާއިވެސް ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ.
ކެންޕޭން ތެރޭގައި ރައްޔިތުން ޙާސިލްކުރަންބޭނުންވާ އަމާޒުތައް ޙިއްސާކުރި، އެ ކަންކަން ޙާސިލްކުރަން ކުރާނެ ކަންކަން ހުށަހެޅިން، އެކަންކަން ބަލައިގަނެ ރައްޔިތުން ވޯޓުދިނީ. ޕްލޭން އަކީ ރައްޔިތުންގެ ޕްލޭން. ޕްލޭން ގައިވާ ކޮންމެ މަޝްރޫޢެއް ފެއްޓުމުގެ ކުރިން ރައްޔިތުންގެ ޚިޔާލް ހޯދާނެ
— Dr Mohamed Muizzu (@MMuizzu) May 18, 2021
އެގޮތުން ކެމްޕެއިން ތެރޭގައި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާ ވިދާޅުވެފައި ވަނީ މާލޭގެ ކަންކަމާއި، ރައްޔިތުންގެ ހާލަތާއި، ސިޔާސީ މަޝްރަހާމެދު ޑރ. މުޢިއްޒު އެބޭފުޅާ ކައިރިން ޚިޔާލު ހޯއްދަވާފައިވާކަމަށެވެ. އަދި އެހެން ބޭފުޅަކު އެބޭފުޅާ ކައިރިޔަށް އޭރު ވަޑައިނުގަންނަވާކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމް އިން ވަނީ އެމްޑީޕީއާއި ވާދަކުރައްވައި މާލެ ސިޓީގެ މެޓޯރިޓީ ހޯއްދަވާފައެވެ. އެގޮތުން ޕީޕީއެމް އިން މާލެ ސިޓީގެ 11 ގޮނޑިއެއް ކާމިޔާ ކުރެއްވިއިރު، އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ 6 ގޮނޑިއެވެ.



