ނޭޕާލުގެ ޕާލަމެންޓް އުވާލައި އާންމު އިންތިހާބު އިއުލާންކޮށްފި

ނޭޕާލުގެ ރައީސާ ބިދްޔާ ދޭވީ ބަންޑާރީ އެގައުމުގެ ޕާލަމެންޓް އުވާލައި އާންމު އިންތިހާބު ބާއްވާނެ ތާރީހު އިއުލާން ކޮށްފިއެވެ.

ރައީސާ ބިދްޔާ ދޭވީ ބަންޑާރީ މިގޮތަށް ކަންތައް ކުރައްވައިފައިވަނީ، ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ އަދި އިދިކޮޅު ލީޑަރ ޝަރ ބަހާދުރް ޑިއުބާއަށް އާ ސަރުކާރެއް އެކުލަވާލަން ދީފައިވާ މުހުލަތު ހަމަވިއިރު އާ ސަރުކާރެއް އެކުލަވާލާނެ މިންވަރަށް ތާއީދު ހޯދިފައި ނުވާތީއެވެ.

ރައީސާގެ ފަރާތުން ނެރުނު ހާއްސަ ބަޔާނެއްގައި ބުނެފައިވަނީ، ހައުސް އޮފް ރެޕުރެސެންޓޭޓިވް އުވާލައި އާންމު އިންތިހާބުގެ ފުރަތަމަ ބުރު ނޮވެމްބަރ 12 ވަނަ ދުވަހު އަދި ދެވަނަ ބުރު ނޮވެމްބަރ 19 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފައިވާ ކަމަށެވެ. މި ބަދަލު ގެނައުމަށް ނިންމައިފައިވަނީ ކެބިނެޓުގެ ލަފާގެ މަތިންކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. ކެބިނެޓުގެ އެންމެ އިސްބޭފުޅަކީ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީއެވެ.

ނޭޕާލުގެ ރައީސާ ބިދްޔާ ދޭވީ ބަންޑާރީ

ނޭޕާލުގެ ސިޔާސީ ޕާޓީތަކުން މި ނިންމުމަށް އަދި ވަކިއެއްޗެއް ބުނެފައި ނުވާއިރު މިދިޔައަހަރުގެ ޑިސެމްބަރުމަހު ޕާލަމެންޓް އުވާލުމަށް ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން އެގައުމުގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ގޮސްފައި ވެއެވެ.

މިދިޔަ ނޮވެމްބަރުމަހު ނޭޕާލުގައި ބޭއްވި އާންމު އިންތިހާބުގައި އެގައުމުގެ އެއްވެސް ޕާޓީއަކަށް ޕާލަމެންޓްގެ އަގުލަބިއްތު ލިބޭވަރަށް ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނޭޕާލަކީ ބަރުލަމާނީ ނިޒާމަށް ވެރިކަންކުރާ ނިޒާމެއް އޮންނަ ގައުމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ