މަޝްހޫރު ރިއަލިޓީ ތަރި ކައިލީ ޖެނާއާއި އޭނަގެ ކުރީގެ ލޯބިވެރިޔާ ޓްރޭވިސް ސޮކްޓް އަލުން ގުޅިއްޖެކަމަށް ބުނެ މީޑިއާގައި ފަތުރާފައިވާ ވާހަކަ ކައިލީ ދޮގުކޮށްފިއެވެ.
މި ޙަބަރު އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ، ބޭރުގެ އޮންލައިން ނޫހެއް ކަމުގައިވާ "ޓީއެމްޒެޑް" އިންނެވެ. އެގޮތުން މި ދެމީހުން މިހާރު އަލުން ގުޅިފައިވާކަމަށް ކައިލީ އާއި ގުޅުންހުރި ފަރާތްތަކުން "ޓީއެމްޒެޑް" ނޫހަށް މައުލޫމާތު ދީފައިވާކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ދެމީހުންވެސް ގުޅިފައިވަނީ އެހެން މީހުންނާއި ގުޅުން ބޭއްވިޔަސް އެއްވެސް މައްސަލައެއް ނެތްގޮތަށް ކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައި ވެއެވެ.
މި ޙަބަރު ދޮގުކޮށް، ޙަބަރުގެ ސްކްރީންޝޯޓްއަކާއެކު ކައިލީ ކޮށްފައިވާ ޓްވީޓެއްގައި ބުނީ، މީޑިއާއިން ހަދަހަދައިގެން ހަމަ ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެކަމަށެވެ.
i’m not discrediting anyone who is in an open relationship but it’s just careless and disrespectful to throw this narrative out there without knowing what’s true.
— Kylie Jenner (@KylieJenner) May 21, 2021
މީގެ އިތުރުން ދެމީހުން ގުޅުނީ އެހެން މީހުންނާއި ޑޭޓް ކުރެވޭގޮތަށް އެއްބަސްވެގެން ކަމަށް ބުނެ ފެތުރިވާހައަކަށް އަމާޒުކޮށް ކައިލީ ކުރި އެހެން ޓްވީޓެއްގައި ބުނީ، އެ ޙަބަރު އެގޮތަށް ފެތުރުމަކީ ވަރަށް އިހްތިރާމްކަން ކުޑަ އަދި ފަރުވާކުޑަ އަމަލެއް ކަަމަށެވެ.
މި ހަބަރުތައް މި ގޮތަށް ފެތުރިފައި މިވަނީ، ކައިލީ އާއި ޓްރޭވިސް އެ ދެމީހުންގެ ތިން އަހަރުގެ ދަރިފުޅޫ، ސްޓޯމީގެ ކަންކަމުގައި އެކުގައި ފެންނަން ފެށުމުންނެވެ.
ކައިލީ އާއި ޓްރޭވިސްގެ ލޯބީގެ ގުޅުން ނިމިފައިވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅުއެވެ.




