ޝާހީ އާއިލާއާއި ގުޅިގެން ޕްރިންސް ހެރީ ދެއްކި ވާހަކަތަކާއި ގުޅިގެން، ހެރީގެ މާމާފުޅު ކުއީން އެލިޒެބެތް ހުންނެވީ ވަރަށް ބޮޑަށް ނުރުހިފައިކަމަށް ހަބަރުތަކުގައި ރިޕޯޓުކޮށްފިއެވެ.
އޯޕްރާ ވިންފްރީއަށް ދިން އިންޓަވިއުއެއްގައި ހެރީގެ ބައްޕާފުޅު ޕްރިންސް ޗާލްސް އޭނަ ބަލާބޮޑު ކުރިގޮތާއި ގުޅޭގޮތުން ނުރުހުންފާޅުކޮށް ޕްރިންސް ހެރީ ވަނީ ފާޑުކިޔައިފައެވެ.
އޯޕްރާ ވިންފްރީ ގެނެސްދޭ "ދަ މީ ޔޫ ކާންޓް ސީ" ގެ އެޕިސޯޑެއްގައި ވާހަކަދައްކަމުން ޕްރިންސް ހެރީ ބުނީ، ޝާހީ އާއިލާގެ ތެރޭގައި ޕްރިންސް ޗާލްސް އަށް ކުރިމަތިވި ކަންކަން ނުވަތަ އުޅެން ޖެހުނުގޮތަށް، ހެރީވެސް އުޅެންޖެހޭނެ ކަމަށް އޭނާ ކުޑައިރު ބައްޕަ ވިސްނަދިން ކަމަށެވެ.
ބައްޕާފުޅު ޕްރިންސް ޗާލްސް ކަންތައްކުރިގޮތާއިމެދު ނުރުހުންފާޅުކޮށް ޕްރިންސް ހެރީ ބުނީ، ބައްޕައަށް ޝާހީ އާއިލާގެ ތެރެއިން އެކަންކަން ތަހައްމަލު ކުރަން ޖެހުމުގެ މާނައަކީ، އޭނާގެ ދަރިންވެސް އެކަން ތަހައްމަލުކުރުން ނޫންކަމަށެވެ. އޭގެ ބަދަލުގައި ޕްރިންސް ޗާލްސް މަސައްކަތް ކުރަންޖެހޭނީ، ކުރިން ހިނގާދިޔަ ކަންކަން އަލުން ތަކުރާރުވިޔަ ނުދިނުމަށްކަމަށެވެ.
މީގެ އިތުރުންވެސް ޕްރިންސް ހެރީ ވަނީ ޝާހީ އާއިލާއާއެކު ދިރިއުޅުއްވި ދުވަސްވަރަކީ ޖަލެއްގައި އުޅުން ފަދަ ކަމެއްގޮތުގައި ސިފަ ކުރައްވައިފައެވެ.
ޝާހީ އާއިލާއާއި ގުޅޭގޮތުން މިފަދަ ކޮމެންޓްތަކެއް ކުރުމުން، އަދި ހާއްސަކޮށް ހެރީގެ ބައްޕާފުޅު ޕްރިންސް ޗާލްސްއާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކާއި ގުޅިގެން ރާނީ ހުންނެވީ މިކަމާ ވަރަށް ބޮޑަށް ނުރުހިފައިކަމަށް ޝާހީ އާއިލާއާއި ގުޅުން ހުރި ފަރާތްތަކުން މީޑިއާއަށް ވަނީ މައުލޫމާތު ދީފައެވެ. އަދ ޕްރިންސް ޗާލްސްވެސް ހުންނެވީ ވަރަށް ދެރަވެފައިކަމަށް ރިޕޯޓުތައް ބުނެއެވެ.
ޝާހީ އާއިލާގެ ޒިންމާތަކުން ވަކިވެވަޑައިގެން، ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް، އަދި ދޮށީ ފިރިހެން ދަރިފުޅު އާޗީ މިހާރު ދިރިއުޅުއްވަނީ ކެލިފޯނިއާގައެވެ. އަދި މޭގަން މިވަގުތު ހުންނެވީ ދެވަނަ ދަރިއަކަށް ބަލިވެއެވެ.




ހިޔާލު
ޙުންނެވީ ؟
އިންނެވީ