19 އަހަރުގައި ލޭޑީ ގާގާ ރޭޕްގެ ޝިކާރައަކަށްވި ހިތްދަތި ވާހަކަ!

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ، އޭނަގެ އުމުރުން 19 އަހަރުގައި ރޭޕްގެ ޝިކާރައަކަށްވި ވާހާކަ ކިޔައިދީފިއެވެ.

ލޭޑީ ގާގާ ފުރަތަމަ ފަހަރަށް މި ވާހަކަ ކިޔައިދީފައި މިވަނީ، އެޕަލް ޓީވީ ޕްލަސް އިން ގެނެސްދެމުން އަންނަ "ދަ މީ ޔޫ ކާންޓް ސީ"ގައި ވާހަކަ ދައްކަމުންނެވެ. އޯޕްރާ ވިންފްރީ އާއި ޕްރިންސް ހެރީ ގެނެސްދޭ މި ޝޯއަކީ ނަފްސާނީ ގޮތުން ދިމާވެފައިވާ ކަންތައްތައް ގެނެސްދޭ ޝޯއެކެވެ.

މި ޝޯގައި ވާހަކަ ދައްކަމުން ލޭޑީ ގާގާ ހާމަކުރިގޮތުގައި، އުމުރުން 19 އަހަރުގައި އޭނާ ރޭޕްކުރީ މިއުޒިކް ޕްރޮޑިއުސަރ އެކެވެ. އަދި އެ ހާދިސާއަށްފަހު ނަފްސާނީ ގޮތުން އެކި ކަންކަމާއި ކުރިމަތިލާންޖެހުނު ކަމަށް ލޭޑީ ގާގާ ކިޔައިދިނެވެ.

މި ހާދިސާ ހިނގިގޮތް ކިޔައިދެމުން އޭނާ ބުނީ، އޭނާ ރޭޕްކުރި ޕްރޮޑިއުސަރު ސްޓޫޑިއޯއެއްގެ ތެރޭގައި ތަޅުލުމަށްފަހު ހެދުން ބޭލުމަށް އަމުރުކުރި ކަމަށެވެ. އަދި ހެދުން ނުބާލައިފިނަމަ އޭނަގެ ހުރިހާ މިއުޒިކް މަސައްކަތެއް އަންދާލެނަކަމަށް ބުނެ ބިރުދެއްކިކަމަށެވެ.

ރޭޕްކުރި ޕްރޮޑިއުސަރުގެ ނަން ހާމަކުރަން ލޭޑީ ގާގާ ދެކޮޅުހެރިއިރު، އޭނާ ބުނީ ދުވަހަކުވެސް އެމީހާއާއި ބައްދަލުވާން ދެން ބޭނުންނުވާކަމަށެވެ.

ލޭޑީ ގާގާ މި ވާހަކަތައް ކިޔައިދިނީ ރޮމުންނެވެ. އަދި އޭނާ ބުނިގޮތުގައި އެ ހާދިސާއަށްފަހު ދުނިޔޭގައި ހުންނަންވެސް އޭނާ ބޭނުމެއް ނުވިއެވެ.

މިލިޔުން ކިޔާލުމުން
128
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޝެލޯ

    ޓެލްމީ ސަމްތިންގާރލް. ޢާ ޔޫ ހެޕީ އިންދިސް މޮޑާރން ވޯލްޑް؟ އޯ ޑޫޔޫ ނީޑް މޯ؟

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ