ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ރާއްޖޭގެ ބައެއް ރަށްރަށުގައި ބޮޑު ވެއްޖެއެވެ.
އެގޮތުން ހއ. އުލިގަމާއި، ޅ.ނައިފަރުގެ ބައެއް މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާކަން އެމްއެންޑީއެފުންވަނީ ހާމަކޮށްފައެވެ.
އެމްއެންޑީއެފުން ބުނީ، ހއ. އުލިގަމުގެ ބައެއް މަގުތަކުގައި ފެން ބޮޑުވުމުގެ ރިޕޯރޓް ލިބިފައިވަނީ މިއަދު 11:00 ހާއިރުކަމަށާއި، އެމްއެންޑީއެފް ނޮދާން އޭރިއާގެ ސިފައިންނާއި ރަށުގެ ކައުންސިލް ގުޅިގެން ޕަންޕު ޖަހައިގެން މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
Raajje ah kuramun dhaa vissaaraagai. HA. Uligamuge baeh maguthakugai fen boduvumaa gulhigen, pump beynunkohgen fen hikkumuge masakkaiy MNDF Northern Area ge sifainnaai Council gulhigen dhanee kuramun. mi haadhisaa ge report libifainee miadhu 11:00 haairu. pic.twitter.com/81ypImHDk8
— Maldives National Defence Force (@MNDF_Official) May 25, 2021
އަދި ނައިފަރުގައި ފެންބޮޑުވެފައިވާ ކަމުގެ ރިޕޯރޓް ލިބިފައިވަނީ މިއަދު 15:22 ހާއިރުކަމަށާއި، ޕަމްޕު ބޭނުންކޮށްގެން އެރަށުގެ މަގުތަކުގައި ހެދިފައިވާ ފެން ގަނޑުތައް ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދާން އޭރިއާގެ ސިފައިންނާއި ރަށުގެ ކައުންސިލާއި ގުޅިގެން ކޮށްފައިވާކަމަށްވެސް އެމްއެންޑީއެފުންވަނީ ބުނެފައެވެ.
Raajje ah kuramundhaa vissaaraagai Lh.Naifaruge baeh maguthakugai fen boduvumaa gulhigen, pump beynunkohgen fen hikkumuge masakkaiy MNDF Northern Area ge sifainnaai Council gulhigen dhanee kuramun. Mi haadhisaa ge report libifaivanee miadhu 15:22 haairu. pic.twitter.com/KxraKsv8FS
— Maldives National Defence Force (@MNDF_Official) May 25, 2021
މިދުވަސްވަރަކީ ރާއްޖެއަށް ވަރަށް ވިއްސާރަ ދުވަސްވަރެކެވެ. ކުރިއަށް އޮތް 24 ގަޑި އިރަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށާއި، އަދި މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ.
"ހުޅަނގުދެކުނާއި ހުޅަނގުން، އުތުރާއި މެދުރާއްޖެތެރޭގެ އަދި އެންމެ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެެންވޭ." މޫސުމާއި ބެހޭ އިދާރާއިން ބުންޏެވެ.