މާފަންނު ބޮޑުގޭގައި ހުސްކޮށް އޮތް ބިމުގައި ހަދާ ޕާކިން ޒޯނުގެ ފާރުގައި ހަރުކުރުމަށް ހިލޭ ސާބަހަށް ކުރެހުން ހަދައިދޭން މާލޭ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒު ބުނުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
މުއިއްޒު އިއްޔެ ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ޕާކިން ޒޯނުގެ އަރިމަތީ ފާރުގައި ރާއްޖޭގެ ރީތިކަމާއި އިސްލާމީ ވަންތަކަން ރަމްޒުކޮށްދޭ ކުރެހުމެއް ހިލޭ ސާބަހަށް ކުރަހައިދެއްވަން ޝައުގުވެރިވާ ފަރާތްތަކުން މުއިއްޒުއަށް މެސެޖުކުރެއްވުމަށް އެދޭކަމަށެވެ.
M.Bodugeygai huskoh oi bimugai hadhaa parking zone ge arimathee faarugai raajjeyge reethikan dhakkuvaidhey/islaamee vanthakan ramzukohdhey painting eh hiley saabahah/volunteerkoh kuravvan shauquverikan hunnevi beyfulhun alhugandah DM kohllavvaa. Shukuriyya pic.twitter.com/ZrLrUJeExU
— Dr Mohamed Muizzu (@MMuizzu) May 25, 2021
އެގޮތުން މިކަމަށް ފާޑުވިދާޅުވެ ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަނބަލުން އަދި މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ކުރެހުންތެރިންނަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށާއި ކުރެހުންތެރިންގެ ފަންނީ މަސައްކަތުން މަންފާ ލިބެންޖެހޭނެ ކަމަށެވެ. އަދި އެބޭފުލުންނަށް މިކަމުން މަންފާ ލިބޭނެ ގޮތެއް ހޯދުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
Mayor Muizz, Artistes and the creative industries have been hit hard by the Covid-19 pandemic. They need to be able to earn through their creative work. We should work to find ways for them to earn. Let us work together to try and find ways? @MoACHmv @NCA_MDV https://t.co/9d2QBnDaw3
— Yumna Maumoon ???????? ???????????? (@yumna_maumoon) May 25, 2021
މިކަމަށް ފާޑުވިދާޅުވެ ބޭފުޅަކު ކުރެއްވި ޓވީޓެއްގައި ވިދާޅުވެފައިވަނީ ކުރެހުންތެރިންނަކީ ވެސް އާމްދަނީއެއް ބޭނުންވާ ބައެއް ކަމަށާއި އެމީހުން ކުރާ އެ ބުރަ މަސައްކަތައް ހަމަ އަގު ލިބެން ޖެހޭނެ ކަމަށެވެ.
ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެން މުއިއްޒު ވިދާޅުވެފައިވަނީ ކުރެހުމަށް ބޭނުންވާ ހުރިހާ ސާމާނެއް ސިޓީ ކައުންސިލުން ފޯރުކޮށްދޭނެ ކަމަށެވެ.
މާލޭގެ މޭޔަރު ކަމާއި ހާވާލުވެވަޑައިގެން މުއިއްޒު ދަނީ ހެޔޮ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ބިންތަކުގެ ކުލި 30 އިންސައްތައަށް ކުޑަކޮށްފައިވާއިރު އާންމު ހާލަތަށް ރުޖޫއަވަންދެން ސިޓީ ކައުންސިލުން ދޫކޮސްފައިވާ ޕާކިންލޮޓްތަކުގައި ޕާކްކުރާ ޕްރައިވެޓް ކާރުތަކުން ނަގަމުން އަންނަ 3000 ރުފިޔާ އިން 1000 ރުފިޔާއަށް ކުޑަކުރަން ނިންމާފައިވެއެވެ.
އަދި ލޯކަލް މާރުކޭޓުތަކާއި މަސްމާރުކޭޓުތަކަށް ދިމާވެފައިވާ މައްސަލަތައް ވަގުތީ ހައްލެއް ގެނައުމުގެ ގޮތުން އެތަންތަން މަރާމާތު ކުރަން ނިންމާފައިވެއެވެ.





3 Responses
މިނިސްޓަރުކަމުގަ ހުރިއިރުނުކޮށްދެވުނުކަމެށްމިހާރުކުރެވޭނެތޯ އަޅުގަޑުސުވާލުކުރަމެވެ …. މިހާރުތިހުރީ ޕުލޭނިންމިނިސްޓުރީގެދަސުގާ ތިޔަހެންއުޅެނިކޮން ވިހާމަރުވާހަވާލުކޮށްފާނެ… ކުރިޔަނުވިސްނާމިދުވަސްއަށްނާނެކަމެށް….
ކުޑަގޮޅިޔަކަށްވަށްނަންވީމާހިތައްތަދުވޭދޯ މީވަރަށްވާހަކަ ސުކުރިށްޔާ……..
Private car thakakee mussadinge car Adhives dhaulathah liven hunna laarikolhu libuna nudheyn Mi vagu mkaleyge Mi ulhenee
ހެ ހެ ބޮކަށްވުރެ އަނގަ ބޮޑު