މަސްވެރިންތަކެއް މަސް ބާނަނީ | ފޮޓޯ: މިހާރު

މާލެއިން މަހަށް ފުރާ އުޅަނދުތަކަށް ހުއްދަ ދެނީ

މާލެސިޓީއިން މަހަށް ފުރާ އުޅަނދުފަހަރަށްް ހުއްދަ ދިނުމަށް ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ، ކޯވިޑް-19 އާއި ގުޅިގެން 26 މެއި 2021 އިން ފެށިގެން އެޗްޕީއޭ އިން ނެރުއްވާފައިވާ ޚާއްޞަ ޙާލަތާއިގުޅިގެން މާލޭސިޓީގެ މަސްވެރި އުޅަނދުފަހަރުގައި މަހަށް ފުރާ ފަރާރްތަކުން ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވައިލާފައި ވާކަމަށެވެ.

އެގޮތުން މަހަށް ފުރަން ބޭނުންވާ ފަރާތްތަކަށް 26 މެއި 2021 ވަނަ ދުވަހުގެ ހެދުނު 8:00 އިން ފެށިގެން މާލޭ ސިޓީ ކައުންސިލްގެ ވެބުސައިޓްގައި އެކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް ހުޅުވާލެވޭނެ ކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުން އިތުރުވުމާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށް 16 ގަޑިއިރަށް ކާފިއު ވަނީ އިއުލާނު ކޮށްފައެވެ. ކާފިއު އިއުލާންކޮށްފައިވަނީ ހަވީރު 04:00 އިން ހެނދުނު 8:00 އަށެވެ.

މާލެ ސަރަހައްދުގައި ކާފިއު ނޫން ގަޑިތަކުގައި ބޭރަށް ނިކުންނަން ފާހެއް ބޭނުންވާ ގޮތަށް ހަމަޖައްސާފައިވާއިރު، ކޮންމެ ގެއަކަށް ދޫކުރަން ނިންމާފައިވަނި ދެ ފާހެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ