ސިފައިންގެ އެހީތެރިކަމާއެކު ހިންނަވަރުގައި އޮތް ބަލި މީހަކު މާލެ ގެންނަނީ

ސިފައިންގެ އެހީތެރިކަމާއެކު ޅ. ހިންނަވަރުގައި އޮތް ބަލި މީހަކު މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ޅ. ހިންނަވަރު ހެލްތު ސެންޓަރުގައި ފަރުވާދެމުން ދިޔަ އުމުރުން 63 އަހަރުގެ އަންހެނަކު، އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ކޯސްޓްގާޑުގެ ސީ އެމްބިއުލާންސްގައި ދަަތުރުކުރަމުން ދާއިރު، މޫސުން ގޯސްވެ ކަނޑު ގަދަވުމާއެކު މާލެ ދެވޭނެކަމަށް ލަފާކުރެވެނީ މިރޭ 23:10 ކަމަށްވެސް ވިދާޅުވިއެވެ.

ހާލުބޮޑު ބަލިމީހުން އަވަސް ފަރުވާއަށް އެއްތަނުން އަނެއް ތަނަށް އުފުލުމުގައި އެމްއެންޑީއެފްގެ ފަރާތުން ރައްޔިތުންނަށް ބޮޑެތި އެހީތެރިކަމެއް ލިބެމުން އަންނައިރު، އަތޮޅު ތަކުން އަވަސް ފަރުވާއަށް ބޭނުންވާ ބަލި މީހުން ހޮސްޕިޓަލުތަކަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައިވެސް އެމްއެންޑީއެފް އިން އަންނަނީ ނަމޫނާ ދައްކަމުންނެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ