އައްޑޫ ސިޓީއިން އިތުރު ހަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީއިން އިތުރު ހަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން އައްޑޫ ތަފާސް ހިސާބުތައް އާންމުކުރަމުން މިރޭ ބުނީ މިއަދު ހަވީރު 6 ޖެހުމާއި ހަމައަށް އައްޑޫ ސިޓީއިން އިތުރު 15 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

އެގޮތުން މިއަދު ޕޮޒިޓިވްވެފައިވަނީ، ހިތަދޫން ދެ ދެމީހަކާއި، ހުޅުދޫން ހަތަރު މީހެކެވެ.

އައްޑޫ ސިޓީން މިއަދު ފެނުނު 6 ކޭސްއާއެކު އެ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 244 ކަށް އަރާފައެވެ. އަދި މިވަގުތު ކޮވިޑްގެ އެކްޓިވް 170 ކޭސް އެސިޓީގައި ހުރިއިރު، 2 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި 72 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު، މިބަލީގައި އެސީޓީން ދެމީހަކުވަނީ ނިޔާވެފައެވެ.

ކޮވިޑް ކޭސްތައް ފެންނަމުންދާތީ އެޗްޕީއޭ އިން ވަނީ އައްޑޫގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ.

ކޮވިޑް-19 މާލޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، މާލޭގެ އިތުރުން އަތޮޅު ތެރޭގެ ވަރަށް ގިނަ ރަށްރަށުގައިވެސް މި ބަލި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އެގޮތުން އަތޮޅު ތެރޭގެ 74 ރަށެއް މިވަގުތުވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންއަށް ލާފައެވެ. އަދި މި ބައްޗަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުވެސް އެތައް ގުނައެއް މަތިވިފައިވާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދުވެސް އަންނަނީ މަތިވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ