އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 260 އަށް

އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 260 އަށް އަރައިފިއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން އައްޑޫ ތަފާސް ހިސާބުތައް އާންމުކުރަމުން މިރޭ ބުނީ މިއަދު ހަވީރު 6 ޖެހުމާއި ހަމައަށް އައްޑޫ ސިޓީއިން އިތުރު 16 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި މިއަދު އިތުރުވި މި 16 ކޭސްއާއެކު އެސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 260 އަށް އަރާފައެވެ.

އައްޑޫ ސިޓީން މިއަދު ޕޮޒިޓިވްވި 16 މީހުންގެ ތެރޭގައި ހިމެނެނީ، ހިތަދޫއިން ޕޮޒިޓިވްވި 14 މީހުންނާއި ހުޅުދޫ މީހަކާއި އަދި މީދޫ މީހެކެވެ.

ހިތަދޫއިން ޕޮޒިޓިވް ވެފައިވާ 14 މީހުންގެ ތެރޭގައި ހިމެނެނީ ފްލޫ ކްލިނިކަށް ދެއްކި މީހަކާއި ދެން ޑައިރެކްޓް ކޮންޓެކްޓުންގެ ތެރެއިން ނެގުނު ސާމްޕަލްތަކުން ޕޮޒިޓިވް ވެފައިވާ 13 މީހުންނެވެ. ހުޅުދޫއިން ޕޮޒިޓިވް ވެފައިވަނީ ވެސް ޑައިރެކްޓް ކޮންޓެކްޓުން ނެގި ސާމްޕަލްއަކުން ޕޮޒިޓިވްވި މީހެކެވެ. އަދި މީދޫއިން ޕޮޒިޓިވް ވެފައިވަނީ ރޭންޑަމް ސާމްޕަލްއަކުން ޕޮޒިޓިވްވި މީހެކެވެ.

އައްޑޫ ސިޓީން މިއަދު ފެނުނު 16 ކޭސްއާއެކު އެ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 260 އަށް އަރާފައެވެ. އަދި މިވަގުތު ކޮވިޑްގެ އެކްޓިވް 176 ކޭސް އެސިޓީގައި ހުރިއިރު، މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އެއްވެސް މީހަކު އެސިޓީގައި ނެތެވެ. އަދި 82 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު، މިބަލީގައި އެސީޓީން ދެމީހަކުވަނީ ނިޔާވެފައެވެ.

ކޮވިޑް ކޭސްތައް ފެންނަމުންދާތީ އެޗްޕީއޭ އިން ވަނީ އައްޑޫގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ