ވެކްސިންގެ އެއް ޑޯޒް ޖެހިނަމަވެސް ދެކުނު ކޮރެއާގައި މާސްކް އަޅާކަށް ނުޖެހޭ

ކޮވިޑް-19 ވެކްސިންގެ އެއް ޑޯޒް ޖެހިނަމަވެސް ދެކުނު ކޮރެއާގައި މާސްކް އަޅަން ނުޖެހޭގޮތަށް އުސޫލުތައް ބަދަލުކުރަން ނިންމައިފިއެވެ.

މިގޮތުން މި އުސޫލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައިމަހުން ފެށިގެންނެވެ. މައުލޫމާތު ލިބޭގޮތުގައި އުސޫލައް މި ބަދަލު ގެނައުމަށް ނިންމައިފައިވަނީ އުމުރުން ދުވަސްވީ ފަރާތްތައް ވެކްސިން ޖެހުމަށް ބާރުއެޅުމަށްޓަކައެވެ.

ދެކުނު ކޮރެއާއިން މަސައްކަތް ކުރަމުންދަނީ، އެގައުމުގެ 52 މިލިއަން އާބާދީގެ ތެރެއިން 70 އިންސައްތަ މީހުންނަށް އަންނަ ސެޕްޓެމްބަރ މަހުގެ ކުރިން ވެކްސިން ޖެހުމަށެވެ. މިހާތަނަށް އައިއިރު ވެކްސިން ޖެހި މީހުންގެ އިންސައްތައަކީ 7.7 އެވެ.

ކޮރޯނާވައިރަސް ރެސްޕޯންސް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ދެކުނުކޮރެއާގެ ނައިބުރައީސް ކިމް ބޫޔަމް ވިދާޅުވީ، ޖޫންމަހުން ފެށިގެން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައިވާ ފަރާތްތަކަށް އެއްތަނަކަށް ގިނަ އަދަދެއްގެ މީހުންނާއެކު އެއްވެ އުޅެވޭނެ ކަމަށެވެ. މީގެއިތުރުން ކަރަންޓީންވުމުގެ އުސޫލަށްވެސް ބަދަލުތަކެއް ގެއްނަވާނެ ކަމަށްވަނީ ވިދާޅުވެފައެވެ.

ކަރަންޓީންގެ އުސޫލުތަކަށް ބަދަލު ގެނައުމަށް ނިންމައިފައިވަނީ ދެކުނު ކޮރެއާގެ އާބާދީގެ 70 އިންސައްތައަށް ވެކްސިންދީ ނިމުމުންކަމަށްވެސް ބަޔެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ދެކުނު ކޮރެއާއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ 137،682 މީހުންނެވެ. އަދި މިބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދަކީ 1،940 އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ