ފަޒީލް - ފޮޓޯ: މިހާރު

އެންމެފަހުން ފަޒީލްގެ މައްސަލަ ޕީޖީ އޮފީހަށް

ލ.ގަމުގައި މީހަކު ރަހީނުކޮށް ފޭރެން އުޅުނު މައްސަލައިގައި އިބްރާހިމް ފަޒީލުގެ މައްޗަށް ދައުވާކޮށްދިނުމަށްއެދި ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އިބްރާހިމް ފަޒީލަކީ ހަމަގައިމުވެސް ރާއްޖޭގެ މީޑިއާއަށް މިހާރު އާނަމެއް ނޫނެވެ. މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު ގެއްލުނު ހިތާމަވެރި ހާދިސާގައި ސަލާމަތްވި ފަރާތަކީ ފަޒީލެވެ. ލ.ކައްދޫން މާމެންދޫ އަށް ދަތުރުކުރަނިކޮށް ޝިމާ ދަތުރުކުރި ޑިއްގި ބަންޑުން ޖަހާލީކަމަށް ފަޒީލު ބުނާއިރު އަދިއަދަށް ދާންދެންވެސް ޝިމާ ކީއްކުރަން އެޑިންގީގެ ނިޝާނެއްވެސް ފެނިފައިނުވެއެވެ.

އަދި ފަހުން ޑިއްގި ބަންޑުންޖަހާލި ކަމަށް ބުނާ ހާދިސާގައި ގެއްލުނު ޝިމާގެ ކޮއްކޮ ގޮވައިގެން ގުރޫޕަކުން ފިލަން އުޅުނު މައްސަލައެއްގައި ކަނޑުމަތިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ވެސް ފަޒީލް ހިމެނުނެވެ. އެކިއެކި ކުށްތަކުގެ ރެކޯޑް އޮންނަ މީހެއް ކަމުގައެވެ.

އެކިއެކި ކުށްތަކުގެ ރެކޯޑް އޮންނަ ފަޒީލްގެ މައްޗަށް ދަޢުވާކުރުމަށް ޕީޖީއަށް ހުށައަޅާފައިވަނީ މިދިޔަ މަހުގެ ދެވަނަ ދުވަހުގެ ރޭ ލ.ގަމުގައި 44 އަހަރުގެ ފިރިހެނަކު ރަހީނުކޮށް ތޫނު ހަތިޔާރު ބޭނުން ކޮށްގެން ބިރުދައްކައި ގިނަ އަދަދެއްގެ ފައިސާ ފޭރެން އުޅުނު ކަމުގެ މައްސަލައިގައެވެ.

ދެ ފަހަރެއްގެ މަތިން މިމީހާ އަތުން ފައިސާ ފޭރިފައިވާއިރު ފުރަތަމަ ފަހަރު 8900 ރުފިޔާ ފޭރިފައިވާކަމަށާއި އަދި ދެވަނަ ފަހަރު އެމީހާ އަތުން ފޭރިފައިވަނީ ކިހާ ފައިސާއެއްކަމެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

މިމައްސަލައިގެ ތުހުމަތުގައި ފަޒީލް ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި ފިލައިގެން އުޅެނިކޮށް މޭ މަހުގެ ހަތްވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް