ސުނީގެ އުފަންދުވަހު، ޕްރިޔަންކާ ތަހުނިޔާ ފޮނުވައިފި!

އިއްޔެއަކީ ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އަދި ކުޅަދާނަ ނެށުންތެރިޔާ ސުނީތާ އަލީގެ އުފަންދުވަހެވެ. މިދުވަހުގެ ތަހުނިޔާ ސުނީގެ ފޭނުންނާއި، ރައްޓެހިން އަދި އާއިލާ މީހުން ސުނީއަށް ފޮނުވިއިރު، ސުނީއަށް މިދުވަސް އެންމެ ހާއްސަވެގެންދިޔައީ، ސުނީގެ އައިޑަލް އަދި އޭނަ އެންމެ ސަޕޯޓު ކުރާ ބޮލީވުޑްގެ އެކްޓްރެސް، ޕްރިޔަންކާ ޗޯޕްރާ(ޕީސީ)ގެ ފަރާތުން އުފަންދުވަހުގެ ތަހުނިޔާ މެސެޖު ލިބުމުންނެވެ.

ޕްރިޔަންކާ އޭނާއަށް ފޮނުވާފައިވާ ތަހުނިޔާ މެސެޖުގެ ސްކްރީންޝޮޓެއް  ޓްވީޓުކުރުމަށްފަހު ސުނީ ވަނީ ޕްރިޔަންކާއަށް ޝުކުރުއަދާކޮށްފައެވެ. އަދި ސުނީ ބުނީ، ޕްރިޔަންކާއަކީ އޭނަގެ ހިތްވަރުކަމަށާއި، އަބަދުވެސް ޕްރިޔަންކާދެކެ ލޯބިވާނެކަމަށެވެ.

ސުނީތާ އަކީ ޕްރިޔާންކާގެ އެންމެ ބޮޑު ދިވެހި ފޭނެވެ. މިއީ އެންމެނަށް ވެސް އެނގޭ ހަގީގަތެކެވެ.

2017 ވަނަ އަހަރުގެ އާ އަހަރު ޝޯއަށް ޕްރިޔަންކާ ރާއްޖެ އައިފަހަރު، ސުނީ ވަނީ ޕްރިޔަންކާއާއި ބައްދަލުކޮށް، ރާއްޖޭގައި ހުރި އާނާގެ އެންމެ ބޮޑު ސަޕޯޓަރަކީ ސުނީކަން ސާބިތުކޮށްދީފައެވެ.

މަޝްހޫރުކަމަށް ފަނޑުކަމެއް އައިސްފައި ނުވާ ސުނީއަށް އިއްޔެ އެ ފުރުނީ 44 އަހަރެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ