މައިންތަކާއި ދަނޑުތަކުގައި މަސައްކަތްކުރަން ވޮލެންޓިއާކުރި ބަޔެއް ކުދިން | ފޮޓޯ: ކޭސީއެންއޭ

މައިންތަކާ ދަނޑުތަކުގައި ކުޑަކުދިން މަސައްކަތްކުރަނީ ވޮލެންޓިއާ ކޮށްގެން: އުތުރު ކޮރެއާ

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި އެގައުމުގެ ކުޑަކުދިން މައިންތަކުގައާއި އަދި ދަނޑުތަކުގައި މަސައްކަތް ކުރަމުންދަނީ އެކުދިން އަމިއްލައަށް ބޭނުން ވެގެން އެކަމަށް ވޮލެންޓިއާ ކުރުމުން ކަމަށެވެ.

ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން ރިޕޯޓުކުރާ ގޮތުގައި އެތައްސަތޭކަ ކުޑަކުދިންނެއް އައްނަނީ އެކުދިންގެ އެންމެ ޒުވާން ދުވަސްވަރު ހިކުމަތްތެރިކަމާ އަދި ކެރުމާއެކު ގައުމަށްޓަކައި އަމަލީ މައިދާނުގައި މަސައްކަތް ކުރަމުން ކަމަށެވެ. ކޭސީއެންއޭ އިން ވަނީ މަސައްކަތުގެ މައިދާނަށް ވޮލެންޓިއަރުންގެ ގޮތުގައި ނިކުތް ކުދިންގެ ފޮޓޯތައްވެސް އާންމުކޮށްފައެވެ.

އާންމުކޮށްފައިވާ ފޮޓޯތަކުން ފެއްނަ ގޮތުގައި އެކުދިންގެ އުމުރު އުޅޭނީ 13 އަހަރާއި 19 އަހަރާއި ދެމެދުގައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުން ތުހުމަތުކުރާ ގޮތުގައި އުތުރު ކޮރެއާއިން އައްނަނީ ކުޑަކުދިން ލައްވާ ގަދަކަމުން މަސައްކަތް ކުރުވަމުންނެވެ. ނަމަވެސް މި ތުހުމަތުތަކަށް އެގައުމުން އައްނަނީ ދެކޮޅު ހަދަމުންނެވެ.

ފެބުރުއަރީމަހު ބީބީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާ ދެމެދު ކުރެވުނު ހަނގުރާމައިގައި ހައްޔަރުކުރެވުނު ދެކުނު ކޮރެއާގެ އަސީރުން ބޭނުން ކޮށްގެން އުތުރު ކޮރެއާއިންވަނީ މައިންތަކުގައި ގަދަކަމުން މަސައްކަތް ކުރުވާފައެވެ. އުތުރު ކޮރެއާއަކީ އިންސާނީ ހައްގުތައް ރައްކާތެރި ކޮއްދިނުމުގެ ލިސްޓުގެ އެންމެ ފުލުގައި އުޅޭ އެއްގައުމެވެ.

އުތުރު ކޮރެއާގެ އާބާދީގައި 26 މިލިއަނެއްހާ މީހުން ދިރިއުޅެއެވެ. އެގައުމަކީ ދުނިޔޭގެ އެހެން ގައުމުތަކަށް ހުޅުވާލެވިފައިވާ ގައުމަކަށް ނުވާތީވެ ގައުމުގެ އާންމު ހާލަތުގެ ޔަގީން މައުލޫމާތު ތަކެއް ނުލިބެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ