ހަތިޔާރާއެކު އެމްއެންޑީއެފް އިން ޚާއްސަ ތަމްރީންތަކެއް މާދަމާ ފަށަނީ

ހަތިޔާރު ބޭނުންކޮށްގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިޔަށް ގެންދާ ޚާއްސަ އަސްކަރީ ތަމްރީންތަކެއް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމުގައި އެފަރާތުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެފަރާތުން ކުރިއަށްގެންދާ ޚާއްޞަ ތަމްރީނުތަކެއް 2021 ޖޫން 01 އިން 03 އަށް އަދި 2021 ޖޫން 05 ވަނަ ދުވަހުގެ 08:00 އިން 17:00 އަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ތަމްރީންތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޅ. ކަނުހުރާގެ އިރުމަތިން 05 ނޯޓިކަލް މޭލު ބޭރުގައި ކަނޑުމަތީގައެވެ. އަދި މި ތަމްރީނުތަކުގައި ވައިގެ ސަރަޙައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާކަމުގައިވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

ތަމްރީނުގައި ވައިގެ ސަރަޙައްދު ބޭނުންކުރާނެ ގޮތުގެ ތަފްޞީލް:

 1. ބޭނުންކުރާ ހަތިޔާރު/ ޕައިރޯޓެކްނިކްސް:             މެޝިން ގަން

 2. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިން:       5000 މީޓަރ

 3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:       100 މީޓަރ

 4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން:        ސީ-ލެވެލް

 5. ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން:         ޅ. ކަނުހުރާ އިރުއުތުރުން 05 މޭލު ބޭރުގައި

އެމްއެންޑީއެފް އިން މީގެ ކުރިންވެސް ދޭތެރެދޭތެރެއިން ހަތިޔާރު ބޭނުންކޮށްގެން އަސްކަރީ ތަމްރީންތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

އެގޮތުން 2021 މެއި 25 އިން 27 އަށްވެސް ކ. ގިރިފުށީގައި ހަތިޔާރު ބޭނުންކޮށްގެން ތަމްރީންތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ.. އަދި މެއި މަހުގެ ކުރީ ކޮޅުވެސް މިފަދަ އަސްކަރީ ތަމްރީންތަކެއް އެމްއެންޑީއެފް އިން ވަނީ ކުރިޔަށް ގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ