ކޮވިޑް-19: މިއަދު ނިޔަވި މީހުންގެ އަދަދު 6 އަށް

ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިއަދު ނިޔާވި މީހުންގެ އަދަދު 6 އަށް އަރައިފިއެވެ.

މިއީ ރާއްޖެއިން ކޮވިޑް-19 ގައި ނިޔާވި 167 ވަނަ މީހާއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، މި ބަލީގައި މިއަދު 6 ވަނަ އަށް ނިޔާވެފައި ވަނީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ ނިޔާވީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަނިކޮށް މިއަދު މެންދުރު ފަހު 02:43 ގައެވެ.

ހުޅުމާލެ ކޮވިޑް ފެސިލިޓީގައި މިއަދު ވަނީ 4 މީހަކު ނިޔާވެފައެވެ.

މީގެ އިތުރުން ދެން މި ބަލީގައި މިއަދު ނިޔާވެފައި ވަނީ ބ. އަތޮޅު ކޮވިޑް މެނޭޖްމަންތް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާ ދެމުން އައި މީހަކާއި، އައިޖީއެމްއެޗްއަށް ގެންދިޔަ މީހެކެވެ.

ރާއްޖޭގައި މިބަލި އަދިވެސް އަންނަނީ ވަރަށް ހަލުވި ކަމާއެކު ފެތުރެމުންނެވެ. އަދި މި ބަލީގައި ނިޔާވާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއްވެސް އަޅާފައެވެ.

މި ބައްޔަށް ފަރުވާ ހޯދަމުން އަންނަ ސައްވީސް ހާހަށްވުރެ ގިނަ މީހުން ރާއްޖޭގައި ތިބި އިރު، ހޮސްޕިޓަލުގައި 200 އަށްވުރެ ގިނަ މީހުން ތިބީ އެޑްމިޓްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ