މުސްލިމަކަށް ކާފިރެކޭ ގޮވުން މަނާ ކުރާ ބިލް ފާސްކުރުމަށް މަޖިލީހަށް ދެ އަހަރު ހާޒިރު ނުވަ މެންބަރެއްގެ ވޯޓް ބޭނުން ނުވާކަމުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ބޮންޑޭ މިހެން ވިދާޅުވެފައި މިވަނީ މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، އަދި އެފަދަ ކަމެއްގައި ބައިވެރި ވުމާއި އާންމުތަކެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ހުށައަޅާފައިވާ އިސްލާހަށް ޖުމްހޫރީ ޕާޓީން ތާޢީދު ނުކުރައްވާނެކަން ހާމަ ކުރެއްވުމާއި ގުޅިގެންނެވެ.
އެގޮތުން ޖޭޕީ އިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ މި އިސްލާހާއެކު ދީނަށް ފުރައްސާރަ ކުރުމަށް ހުޅުވާދެވެނީ ގާނޫނީ ދޮރެއް ކަމަށާއި، އިސްލާމް ދީނަށް ލޯބިކުރާ މީހުން، ﷲ ތަޢާލާގެ ހަޟްރަތަށާއި އެކަލާންގެ ރަސޫލާ އަށް ފުރައްސާރަކޮށް އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ ހަދާ މީހުންނަށް އެފަދަ ބައެކޭ ނުބުނާނެ އެއްވެސް ގޮތެއް ނުހެދޭނެ ކަމަށެވެ.
އެއާއިއެކު ބޮނޑޭ ވިދާޅުވީ ކޮންމެ ސަރުކާރަކަށް ބިރުދައްކައިގެން ދައުލަތުގެ ހަޒާނާ ލޫޓުވައިގެން އަބަދަކު ވިޔަފާރިކުރަން ފުރުސަތު ނުދޭނެކަމަށާއި، މުސްލިމުނާ ދިމާލަށް ކާފަރެކޭ ގޮވުން މަނާކުރާ ބިލް ފާސްކުރަން 2 އަހަރު މަޖިލީހަށް ހާޒިރުނުވާ މީހާގެ ވޯޓެއް ބޭނުންނުވާކަމަށެވެ.
ޤާނޫނުލްއުޤޫބާތަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހާއި އެކު އެތައް ބަޔަކު އަންނަނީ އެކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ. އެގޮތުން ގިނަ ބަޔަކު ބުނާ ގޮތުގައި މި އިސްލާހާއި އެކު ދީނާ ދެކޮޅު ހަރަކާތްތައް ހިންގާ އެފަދަ ވާހަކަތައް ދައްކާ ފަރާތްތަކަށް އިތުރު ހިތްވަރަކާއި ބާރެއް ލިބިގެންދާނެކަމަށެވެ.
ޤާނޫނުލްއުޤޫބާތަށް ހުށައަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުމަކީ ބޮޑެތި އަދަބު ލިބެ ކުށްތަކެއް ކަމަށެވެ.
މި އިސްލާހަށް ގިނަ ބަޔަކު ފާޑު ކިޔުން އަމާޒުވުމާއި ގުޅިގެން އެޓާނީ ޖެނަރަލްގެ އޮފީހުން ވަނީ ދީނަށް ފުރައްސާރަކުރުންވެސް ކުށަކަށް ހަދައި އެކަން ތަފްޞީލް ކުރުމާއެކު އިތުރު ބިލެއް މަޖިލީހަށް ހުށައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާފައެވެ.





ހިޔާލު
މުސްލިމަކާ ދިމާލަށް ކާފިރެކޭ ގޮވުން މަނާކުރެއްވީ މި އުއްމަތުގެ ރަސޫލާ. ދެން ކިތަންމެ ގިނަބަޔަކު ނުރުހުނަސް އެކަންއޮންނާނީ އެގޮތަށް. ދެން ނުއިދެ ތިބެލިބޭ ބައްޕަ ޔަގީން ނުވާކުދިންނަށް ހަރާމްދަރިވެސް ގޮވަންވީނުން. އަދި އެކުއްޖާގެ މަންމަ އާދިމާލަށް ޒިނޭކުރާމީހެކޭވެސް ގޮވަންވީނުން. ﷲ ވަނީ އިންސާނުން ހުރުމަތް ތެރިކުރައްވާފަ. އިސްލާމް ދީނަކުނޯވޭ އެމީހަކާއެމީހަކު ޝަރީއަތްކޮށް ގޮތްނިންމާގޮތަކަށް. ކާފަރަކަށްވެސް ފުރައްސާރަކޮށް ކަލޭތީ ކާފަރަކޭކިޔާ ގޮވަމުން ދާކަށް ނޯވޭ. ﷲ އާ ރަސޫލާއަށް ފުރައްސާރަކުރާމީހާއަށް ވެސްފުރައްސާރަކުރާކަކަށް ނެތް. ގޮވޭނެއޭ ކިޔައިގެން ބަޅަށް އޫރަށްވެސް ގޮވާ.