ފޮޓޯ: އެމްއެންޑީއެފް

އަނެއްކާވެސް ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ، ރޯވެފައި ވަނީ ކުޑަކުދިންގެ ހިޔާގެ ދެވަނަ އިމާރާތުގެ ޓެރަސްގައި އެއްޗެއްހި ރައްކާ ކުރަން ހަދާފައި ހުރި ގުދަނެއްގައި ކަމަށެވެ. މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހެނދުނު 10:46 އެހާކަންހާއިރުއެވެ.

ކުޑަކުދިންގެ ހިޔާގައި ރޯވުމަށްފަހު މާގިނަ އިރު ނުވަނީސް އަލިފާންގަނޑު އެމްއެންޑީއެފް އިން ނިއްވާލާފައިވާއިރު އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި އަދި ސާފެއް ނުވެއެވެ.

މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުވެސް ކުޑަކުދިންގެ ހިޔާގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މި ހާދިސާ ހިނގާފައިވަނީ ދެ ކުއްޖެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކަށް ފަހުއެވެ.

 

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ