އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 310 އަށް އަރައިފިއެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން އައްޑޫ ތަފާސް ހިސާބުތައް އާންމުކުރަމުން މިރޭ ބުނީ މިއަދު ހަވީރު 6 ޖެހުމާއި ހަމައަށް އައްޑޫ ސިޓީއިން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެސިޓީން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 300 އަށް އަރައިފައިވާކަމަށެވެ.
އައްޑޫ ސިޓީން މިއަދު ޕޮޒިޓިވްވެފައިވަނީ ހިތަދޫ ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ.
މިވަގުތު ކޮވިޑްގެ އެކްޓިވް 98 ކޭސް އެސިޓީގައި ހުރިއިރު، މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އެއްވެސް މީހަކު އެސިޓީގައި ނެތެވެ. އަދި 210 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު، މިބަލީގައި އެސީޓީން ދެމީހަކުވަނީ ނިޔާވެފައެވެ.
#COVID19 #COVID19Addu pic.twitter.com/7sl765AjKD
— Addu City Council (@AdduCityCouncil) June 6, 2021
ކޮވިޑް ކޭސްތައް ފެންނަމުންދާތީ އެޗްޕީއޭ އިން ވަނީ އައްޑޫގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
ކޮވިޑް-19 މާލޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، މާލޭގެ އިތުރުން އަތޮޅު ތެރޭގެ ވަރަށް ގިނަ ރަށްރަށުގައިވެސް މި ބަލި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އެގޮތުން އަތޮޅު ތެރޭގެ 75 ރަށެއް މިވަގުތުވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންއަށް ލާފައެވެ. އަދި މި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުވެސް އެތައް ގުނައެއް މަތިވިފައިވާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދުވެސް އަންނަނީ އިތުރުވަމުންނެވެ.
އަދި މި ބަލީގައި ނިޔާވާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިބަލީގައި ރާއްޖެއިން 185 މީހަކުވަނީ ނިޔާވެފައެވެ.
މިހާތަނަށް 67،538 މީހަކަށް މި ބަލި ޖެހިފައިވާކަމަށް އެޗްޕީއޭގެ ރެކޯޑްތަކުން ދައްކައެވެ. އަދި ހޮސްޕިޓަލުގައި 191 މީހަކު ފަރުވާ ހޯދަމުން އަންނައިރު، މި ބައްޔަށް 20،014 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ.




