އ.ދ ގެ 76 ވަނަ އާންމު މަޖިލީހަށް ރައީސްކަން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކާމިޔާބުކުރައްވައިފިއެވެ.
މިރޭ ރާއްޖެ ގަޑިން 7:00 ގައި ފެށި އ.ދ ގެ އާންމު މަޖިލީހުގެ ޖަލްސާގައި ރައީސް ހޮވަން ބޭއްވި އިންތިހާބުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ދެން ވާދަކުރައްވާފައިވަނީ އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލްއެވެ.
އ.ދ ގެ އާންމު މަޖިލީހުގެ ރައީސްކަމަށް ޝާހިދު އިންތިޚާބުވެވަޑައިގެންފައިވަނީ 191 ވޯޓުގެ ތެރެއިން 143 ވޯޓު ހޯދައިގެންނެވެ.
މިއީ ތާރީހުގައި ވެސް އދ. ގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ. ޝާހިދު ހޯއްދެވި މިކާމިޔާބާއެކު ރާއްޖެ އިސްވެރިން ހިމެނޭ ގޮތަށް ގިނަ ފަރާތްތަކެއް ގެންދަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވަމުންނެވެ.
Warm congratulations to Foreign Minister @abdulla_shahid for winning the election for the Presidency of the 76th UN General Assembly by a resounding margin of 143 votes. This is a great honour for Maldives and I have no doubt Min. Shahid will do us all proud as UNGA President.
— Ibrahim Mohamed Solih (@ibusolih) June 7, 2021
އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައި ވަނީ ސެޕްޓެމްބަރު 14، 2021 ގަ އެވެ. ކޮންމެ ދައުރަކަށް ވަކި ރައީސަކު އިންތިހާބު ކުރަން ޖެހޭއިރު އާންމު މަޖިލީހުގެ ދައުރު ފެށުމުގެ ތިން މަސް ކުރިން މަގާމުތަކަށް މެމްބަރުން އިންތިހާބުކުރަން ޖެހެއެވެ. އ.ދ ގެ އާންމު މަޖިލީހުގެ 76 ވަނަ މަޖިލީހުގެ ރައީސްކަމާ ޝާހިދު ހަވާލުވެވަޑައިގަންނަވާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
I'm delighted that Maldives has been elected President of the UN General Assembly. It's a great day for us, for small island states, and for climate vulnerable countries everywhere. Congratulations @abdulla_shahid ????????????????
— Mohamed Nasheed (@MohamedNasheed) June 7, 2021
މި އިންތިޚާބު ކާމިޔާބުކޮށް އާއްމު މަޖިލީހުގެ ރައީސްކަން ހޯދުމުގެ ކެމްޕެއިނަށް މި އަހަރު ރާއްޖޭގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
ދިވެހިރާއްޖެއިން އދގެ މެމްބަރު ޤައުމަކަށްވީ މިނިވަންކަން ލިބުނުތާ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭ، 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.