އައްޑޫ ސިޓީން އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން އައްޑޫ ތަފާސް ހިސާބުތައް އާންމުކުރަމުން މިރޭ ބުނީ މިއަދު ހަވީރު 6 ޖެހުމާއި ހަމައަށް އައްޑޫ ސިޓީއިން އިތުރު 7 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ.
އައްޑޫ ސިޓީން މިއަދު ޕޮޒިޓިވްވެފައިވަނީ ހިތަދޫން ޕޮޒިޓިވްވި 6 މީހަކާއި އަދި މަރަދޫން ޕޮޒިޓިވްވި އެކަކެވެ.
މިވަގުތު ކޮވިޑްގެ އެކްޓިވް 89 ކޭސް އެސިޓީގައި ހުރިއިރު، އެސިޓީގެ ތިން މީހަކަށްދަނީ މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި 226 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު، މިބަލީގައި އެސީޓީން ދެމީހަކުވަނީ ނިޔާވެފައެވެ.
Addu City Covid-19 case status as of 07th June 2021, 18:00Hrs.#StayHome #WashYourHands #WearAMask pic.twitter.com/DrdOJDWktd
— Addu Emergency Operations Center (@EOCaddu) June 7, 2021
މިއަދު ފެނުނު ޕޮޒިޓިވް ކޭސްތަކާއެކު ހިތަދޫގައި މިވަގުތު ކޮވިޑްގެ 68 އެކްޓިވް ކޭސް އުޅޭއިރު، ފޭދޫގައި އެއް ކޭސް، ހުޅުދޫގައި 9 ކޭސް އަދި މީދޫގައި އެއް ކޭސް، މަރަދޫގައި 9 ކޭސް އަދި މަރަދޫފޭދޫގައި އެއް ކޭސް އުޅޭ ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.
ކޮވިޑް ކޭސްތައް ފެންނަމުންދާތީ އެޗްޕީއޭ އިން ވަނީ އައްޑޫގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
ކޮވިޑް-19 މާލޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، މާލޭގެ އިތުރުން އަތޮޅު ތެރޭގެ ވަރަށް ގިނަ ރަށްރަށުގައިވެސް މި ބަލި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އެގޮތުން އަތޮޅު ތެރޭގެ 75 ރަށެއް މިވަގުތުވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންއަށް ލާފައެވެ. އަދި މި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުވެސް އެތައް ގުނައެއް މަތިވިފައިވާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދުވެސް އަންނަނީ އިތުރުވަމުންނެވެ.
އަދި މި ބަލީގައި ނިޔާވާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިބަލީގައި ރާއްޖެއިން 185 މީހަކުވަނީ ނިޔާވެފައެވެ.
މިހާތަނަށް 67،950 މީހަކަށް މި ބަލި ޖެހިފައިވާކަމަށް އެޗްޕީއޭގެ ރެކޯޑްތަކުން ދައްކައެވެ. އަދި ހޮސްޕިޓަލުގައި 166 މީހަކު ފަރުވާ ހޯދަމުން އަންނައިރު، މި ބައްޔަށް 19،670 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ.



